ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެލައިޑްގެ 41 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްޞަ ޑިސްކައުންޓްތަކެއް ތައާރަފުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސްގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ކަސްޓަމަރުންނަށް ޚާއްޞަ ޑިސްކައުންޓް އޮފާތަކެއް މިއަދު އިޢުލާނުކޮށްފިއެވެ. މިކަން ހާމަކުރީ އެ ކުންފުނީގެ ކުރިއެރުމާއި ކުރިއަށް ހުރި ލަނޑުދަނޑިތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މޮޓޯ އިންޝުއަރެންސްއަށް 25 އިންސައްތައިގެ ޑިސްކައުންޓެއް

މި ބައްދަލުވުމުގައި އެލައިޑްގެ ޗީފް އިންޑަރ ރައިޓިންގ އޮފިސަރ ޖޫލިއާނާ ރުސޭ ވިދާޅުވީ، އޮންލައިންކޮށް ސައިކަލްތަކަށް ނަގާ ހުރިހާ މޮޓޯ އިންޝުއަރެންސް ޕްލޭންތަކަކަށް 25 އިންސައްތައިގެ ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އަލަށް އިންޝުއަރެންސް ހޯދާ ފަރާތްތަކުގެ އިތުރުން، ތާރޑް ޕާޓީ އިންޝުއަރެންސް ފުލް ކޮމްޕްރިހެންސިވް ޕްލޭނަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ފުރުޞަތެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް، އެންމެ ފުރަތަމަ ޚިދުމަތް ހޯދާ 41 ކަސްޓަމަރުންނަށެވެ.

ވިޔަފާރީގެ ބޮޑު ކުރިއެރުމެއް

ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު، ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު އެލައިޑްގެ އާމްދަނީއަށް ވަނީ 26 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ. މިއާއެކު، ރާއްޖޭގެ އިންޝުއަރެންސް މާކެޓުގެ 43 އިންސައްތަ ހިއްސާކުރާ ކުންފުނީގެ ގޮތުގައި އެލައިޑުން ވަނީ ދާއިރާގެ އެންމެ ކުރީގައި އޮތް މަގާމު ދަމަހައްޓާފައެވެ. ޖޫލިއާނާ ވަނީ 2025 ވަނަ އަހަރުގެ ކާމިޔާބީތަކާއި، ކުންފުނީގެ އާ ބްރޭންޑް އައިޑެންޓިޓީގެ އިތުރުން 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައްވެސް ހިއްސާކުރައްވާފައެވެ.

އިޖުތިމާއީ ޒިންމާގެ ދަށުން ގިނަ ހަރަކާތްތަކެއް

ވޭތުވެދިޔަ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެލައިޑުން ވަނީ މުޖުތަމައަށް ފައިދާހުރި ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. އޭގެ ތެރޭގައި ކަނޑުފަޅުތައް ހިމާޔަތްކުރުމަށް ބޭއްވި ”ޑައިވް 40“ އާއި، ރަށްރަށުގައި ބޭއްވި ”އެލައިޑް ފެސްޓް 2025“ އަދި ”އެލައިޑް ބައިސިކަލް ރޭސް“ ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށް ހިންގާ ”ރައްކާ“ ޕްރޮގްރާމް ހަރުދަނާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއެކު މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: