ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހައްގުތަކަށް ދީނުގެ ނަމުގައި ނިގުޅައިގަންނަން ފުރުސަތު ނުދޭނަން: ރައީސް

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުގެ ތެރެއިން ވިޔަސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަންނަން ސަރުކާރުން ފުރުސަތު ނުދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގުތަކާ މެދު އިހުމާލުވާނަމަ އިންސާނީ ހައްގުތައް ނެގެހެއްޓޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ރައްޔިތުންނަށް ނުލިބޭނެ ކަމަށެވެ. އެގޮތުން މިދިޔަ ވެރިކަމުގައި ބާރުގައި ތިބި ފަރާތްތަކުން އަމަލު ކުރަމުން ދިޔައީ ގާނޫނު އަސާސީއާ ހިލާފަށްކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ބާރުގައި ތިބެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ފަހު އެއްވެސް އަދަބާ ކުރިމަތިލާން ނުޖެހި އެ ކަންކަމުން ބޯދަމައިގަތުމުގެ ސަގާފަތެއް ރާއްޖޭގައި އަށަގަންނަމުން ދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުގެ އިންތިގާލީ އަދާލަތުގެ ތެރެއިން، އެ ނުބައި ސަގާފަތް، ރާއްޖެއިން ނައްތައިލުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

 

“މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، އިންސާނީ ހައްގުތަކުގެ އެންމެ އިސް ހައްގު ކަމުގައިވާ، ދިރިހުރުމުގެ ހައްގު ހިމާޔަތް ކޮށްދީ ރައްކާތެރިކޮށް ދިނުމަށް. ސަރުކާރުގެ މުޅި ވިސްނުން ހުއްޓިފައި ހުރީ، މި ރަށްތަކުގެ އަހުލުވެރިންނަށް ޖަޒީރާވަންތަ ދިރިއުޅުމެއްގެ

ރައީސްވަނީ ހިޔާލު ފާޅު ކުރުމާއި ނޫސްވެރިކަމުގެ މިނިވަން ކަމުގެ ހައްގާއި މެދުގައިވެސް ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން މިނިވަންކަން ދޫކޮށްލުމަށް ބިރު ނުގަންނާނެ ކަމަށެވެ. އަދި މިއަދު އެ ފުރުސަތު ވަރަށް ބޮޑަށް ދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން ކުރާ ކޮންމެ ކަމަކަށް އަދި ބުނާ ކޮންމެ ބަހަކަށް، މީޑިއާތަކުގަޔާއި، ސޯޝަލް މީޑިއާގައި ވެސް ފާޑުކިޔާ ކަމަށާ، މިހާރު ހިޔާލު ފާޅުކުރަމުން ދަނީ ގައުމުގެ ކަންކަން ބިނާ ކުރުމަސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިހާރު ދައްކަނީ، ކުރިން ގޯސްކޮށް ހިނގަމުން އައި ކަންކަން އިސްލާހު ކުރުމުގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: