ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ އިޖުތިމާޢީ ފޭރާންދަނީ ވީދެމުން: އީނާސް

ރައީސް ސާލިހު އާއި އެޗްއާރްސީއެމްގެ ރައީސާ އީނާސް ވާހަކދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި މުޖުތަމައުން މިހާރު ފެންނަނީ އިޖުތިމާއީ ފޭރާމުގެ ކުލަ ބަދަލުވެ، އެ ފޭރާމުގެ ފަށުއިތައް ވީދެމުންދާ މަންޒަރު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ރައީސާ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީނާސް ވިދާޅުވީ އަމިއްލަ ނަފްސަށް ލިބެންޖެހޭ ކަމަށް ގަބޫލުކުރާ ހައްގުތަކަކީ އެހެން މީހުންނަށް ވެސް ލިބެންޖެހޭ ހައްގުތަކެއްކަން ހުރިހާ ފަރާތްތަކުން ވެސް ޤަބޫލުކުރުން މުހިއްމުކަމަށެވެ. ހާއްސަކޮށް އެހެން މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަން އީނާސް ފާހަގަކުރެއްވިއެވެ.

އީނާސް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ.ރާއްޖޭގެ އިޖްތިމާއީ ފޭރާމުގައި ބާގަނޑުތައް ހެދި އެ ބާގަނޑުތައް ބޮޑެތިވަމުންދާ ތަން ފެންނަ ކަމަށް އީނާސް ވިދާޅުވިއެވެ. އަދި މީހުންގެ ފިކުރާއި ވިސްނުމާއި އަދި މީހުން ކަންކަމުގައި ދެކޭގޮތާ މެދު ފުންކޮށް ވިސްނާލުމުން ސިފަވަނީ މި ކުޑަ މުޖުތަމައުގައި ނޭދެވޭ ފިކުރީ ހަނގުރާމަތަކެއް ކުރަމުންދާތަން ކަމަށް އޭނާ ވިދާޅުވިއވެެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވަން މަސައްކަތްކުރާއިރު ރާއްޖޭގައި އަންހެން ކުދިންތަކެއްގެ ހައްގު ނިގުޅައިގަނެ، އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެޗެ. އަދި ހައިރާންކުރުވަނިވި ހާދިސާތައް ގިނަވަމުން ދާއިރު، އެކަމުން ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވަން ކުރާ މަސައްކަތް މުރާޖައާކުރަން ޖެހޭކަން ހާމަވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އިންސާނީ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރަން ގިނަ ގާނޫނުތަކާއި ގަވާއިދުތަކެއް ހެދިފައި ހުރި ނަމަވެސް އެފަދަ މައްސަލަތަކަށް ހައްލު ނުހޯދި އިންސާފު ލިބުން ލަސްވެ ނުވަތަ އިންސާފު ނުލިބި ދާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް އީނާސް ވިދާޅުވިއެެވެ.

ހިއުމަންރައިޓްސް ކޮމިޝަނުން ބުނީ އިންސާނީ ހައްގެއް ގެއްލިގެން ކަމަށް ބުނެ މިއަހަރުގެ މިހާތަނަށް 467 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން 96 މައްސަލައަކީ އެޗްއާރުސީއެމުން އަމިއްލައަށް އިސްނަގައިގެން ބެލި މައްސަލަތަކެވެ. ހުށަހެޅި މައްސަލަތަކުގެ ތެރެއިން 349 މައްސަލައެއް ތަހުގީގުކޮށްފައިވެ އެވެ. އޭގެތެރޭގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ގައިދީންނާ ގުޅޭ ސިއްހީ، އިދާރީ އަދި ޓޯޗާގެ މައްސަލަތަކެވެ. ހިލޭ ގުޅޭ 1424 އަށް މިިހާތަނަށް 1081 ކޯލް ލިބިފައިވެ އެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: