ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައުދުގެ ފާޑުކިއުން ތިނަދޫ މޭޔަރަށް؛ ވާހަކަ ދައްކަން ވެސް އުނދަގޫ، ތަރައްގީ ގެންނަން ހުރަސް އެޅޭތީ ވަޒީރުންގެ ޝަކުވާ ލިބޭ!

ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އަދި ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީ ކައުންސިލްގެ އިހުމަލުގެ ސަބަބުން،ތަރައްގީ މަޑުޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި ”އެހެން ގޮތެއް ހޯދަން ޖެހޭ“ ކަމަށް ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސައުދުﷲ ހިލްމީ ވިދަޅުވެއްޖެ އެވެ.

ޕީއެންސީ ޓިކެޓުގައި ތިނަދޫގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާގައި ސައުދު ވިދާޅުވީ، ތިނަދޫ ރައްޔިތުން މިހާތަނަށް ތިބީ އެމްޑީޕީއަށް ކައުންސިލް ދީގެންކަމަށާއި، ނަމަވެސް އޭގެ ނަތީޖާއެއްގެ ގޮތުން ތަރައްގީގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސައުދު ވިދާޅުވީ ތިނަދޫގެ އުމުރުން ދުވަސްވީ މީހުންނާއި، ބަލިމީހުން ބޭނުންކުރާ ފާލަން ހަލާކުވެ، ބޭނުންނުކުރެވޭ ހާލަތަށް ދިއުމުން ވެސް ކައުންސިލަށް އެކަން ހައްލު ކުރެވިފައި ނުވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދިޔަވަރު ހިކި ދުވަސްދުވަހު އަންހެންނުންނައި، އުމުރުން ދުވަސްވީ މީހުން ލޯންޗުން ފާބަނީ ވަރަށް ދަތި ހާލުގައިކަމަށް ސައުދު ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތިނަދޫއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އެ ފާލަން ބޭނުންކުރެއްވުމަށް ފަހު ބަންދުކުރި ގޮތަށް، މިއަދާ ހަމައަށްވެސް އެތަން އޮތީ އަނެއްކާ ވެސް ބަންދުކޮށްފައި ކަމަށެވެ.

ރޭގެ ޖަލްސާގައި ސައުދު ވަނީ، ތިނަދޫގެ މޭޔަރު ސައުދު އަލީއަށް ވެސް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒު ކުރައްވާފަ އެވެ. އެގޮތުން ސީދާ ވަޒީރުންގެ ފަރާތުން ސައުދުގެ ޝަކުވާތައް ލިބޭއިރު، ވަޒީރުން ސައުދު ސިފަ ކުރައްވަނީ ގަވައިދަށް އަމަލު ކުރުމަށް ބޭނުން ނުވާ، ކަންކަމުގައި ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް އުނދަގޫ މޭޔަރެއްގެ ގޮތުގައިކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސައުދުގެ މިފަދަ އަމަލުތަކުގެ ސަބަބުން، ތަރައްގީ ގެނައުމަށް ކުރާ މަސައްކަތްތައް މަޑުޖެހި، ހުރަސްއެޅެމުންދާކަމަށެވެ.

އެވަރުގެ ކައުންސިލަރަކު.. އަޅުގަނޑުމެން ކައުންސިލެއް އަޅުގަނޑުމެން ހޯދައިގެން މި އުޅެނީ. ދެން ކޮންމެހެން ވެސް ބަދަލު ކުރަން އެބަޖެހޭތާ. އާދެ، އަޅުގަނޑު ކައިރީގައި ވަރަށް ގިނަ ވަޒީރުން މިތާ ތިއްބެވި ވަޒީރުންވެސް އަދި އެހެން ވަޒީރުންވެސް ވިދާޅުވޭ ތިނަދޫ ސިޓީގެ މޭޔަރު މިއީހާދަ އެހެންކަހަލަ މީހެކޭ. ދެން އަޅުގަނޑު އަހައިފިން ކޮންކަހަލަ މީހެއްހޭ؟ ބުނީމާ ބުނީ ބުނާ އެއްޗެއް ގަބޫލުކުރަނީކީއެއް ނޫނޭ. ވާހަކަ ދައްކަން ފަސޭހައީކީއެއް ނޫނޭ. ގާނޫނާ ގަވާއިދުތަން ދެއްކިއަސް އެގޮތަށް އަމަލުކުރާކަށް ބޭނުމެއް ނޫނޭ… ވަރަށް އުދަގުލޭ ކަންތައްތައް ކުރަން ތަރައްގީގެ މަޝްރޫއުތައް ވެސް ގެންނަން… ދެން އަޅުގަނޑުމެން ބުނިން ދެން ކީއްކުރާނީތޯ އޭ އެއީ އެންމެން ހޮވާފަ ހުރި މޭޔަރޭ. އެހެންވީމާ އެއީ އޭ ވާން އޮތް ގޮތަކީ، ދެން ކުރިޔަށް އޮތް އިންތިހާބުގަތާއޭ ބަދަލު ކުރެވޭނީ.

ސިޓީ ކައުންސިލުން ރައްޔިތުންނަށް ދަތިވާ ގޮތަށް ނިންމާފައިވާ ބައެއް ނިންމުންތަކަށް ވެސް ސައުދުﷲ ފާޑުވިދާޅުވިއެވެ. ކައުންސިލުން އަމަލު ކުރާ ގޮތާއި ގުޅޭ ގުޅޭގޮތުން މަޒާޖީ ގޮތެއްގައި މިސާލު ނަންގަވައި ސައުދުﷲ ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި ގޯތިތަކުގެ ވަށައިފާރު ރޭނުމަށް އަމުރުކޮށް، އެކަން ނުކޮށްފިނަމަ ގޯތި އަތުލާނެ ކަމުގެ ބިރު ވެސް ދައްކާ ކަމަށެވެ.

ސައުދުﷲ ވިދާޅުވި ގޮތުގައި ތިނަދޫގެ ކަންކަމުގައި ކަންބޮޑުވުންތަކާއި އެކު ރައްޔިތުން ކައުންސިލް އޮފީހަށް ދިއުމުން އެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ދެކޮޅު ހައްދަވައި މޭޔަރު އޮފީހުގައި ހާޒިރުވެ ނެތްކަމަށް މުވައްޒަފުން މެދުވެރިކޮށް ބުނާ ކަމަށެވެ. އަދި ސައުދުﷲ ގިނަ ވަގުތު ހޭދަ ކުރައްވައި، ކައުންސިލް އޮފީހުން ބޭރުގައި ކޮފީ މޭޒުތަކުގައިކަމަށް ވިދާޅުވި އެވެ.

ސައުދުﷲ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލެއް އޮވެގެން ނޫން ގޮތަކަށް ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި ރައްޔިތުން މިހާރުގެ ކައުންސިލާއި މެދު ފުންކޮށް ވިސްނައި، އިތުރު މީހަކަށް ފުރުސަތު ދިނުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: