ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔޯރީގެ އިގްތިސޯދު ނެތި ދިއުމުގެ ބިރު އޮތީ ކުރިމަތިވެފައި؛ ދަޅުމަސް ފެކްޓްރީ އާއިއެކު އެކަން ބަދަލުކުރެވިދާނެ: މުއްތަލިބް

ފިޔޯރީގެ އިގްތިސޯދު ނެތި ދިއުމުގެ ބިރު އޮތީ ކުރިމަތިވެފައި: މުއްތަލިބް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިޔޯރީގެ އިގްތިސޯދު ނެތި ދިއުމުގެ ބިރު އޮތީ ކުރިމަތިވެފައި ކަމަށާއި އެހެންނަމަވެސް ދަޅުމަސް ފެކްޓްރީ އާއިއެކު އެކަން ބަދަލުކުރެވިދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ފިޔޯރީގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ މުއްތަލިބް ވިދާޅުވީ ޕިޔޯރީއަކީ މަސްވެރިކަން ތިޔާގި އަދި މަސްވެރިކަން ރަނގަޅު އަދި މަސްވެރިކަން ކުރާ އުޅަނދުތައް ފަޅުގައި މަޑުކުރާ ރަށެއް ކަމަށެވެ. އެހެންނަމަވެސް އެކަން މަޑުންމަޑުން ބަދަލުވެ، މަސްވެރިކަމަށް ބިނާވެފައިވާ އިގްތިސޯދު ހީނަރުވެ މިވަގުތު ފިޔޯރީގައި މަސްވެރިކަން ކުރާނެ އެއްވެސް އުޅަނދެއް ނެތް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މުއްތަލިބް ވިދާޅުވީ ފިޔޯރީގެ އިގްތިސޯދު ނެތި ދިއުމުގެ ބިރު އޮތީ ކުރިމަތިވެފައި ކަމަށެވެ. ސަރުކާރުގެ އޮފީސްތައް ފިޔަވައި ވަޒީފާގެ ފުރުސަތެއް އެ ރަށުގައި ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރަށުގެ ކައުންސިލާއި އަދި އެކި ފަރާތްތަކުން ޓޫރިޒަމް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، ރަށުގެ ދުރުމިނާއި އަދި ދަތުރުފަތުރުގެ ހަރަދު ބޮޑުވުމާއިއެކު އެކަން ވެސް ކާމިޔާބު ވެފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”އެހެންނަމަވެސް މިއަދު ފެށިގެން މިދަނީ މިކަންކަން ބަދަލު ކުރުމުގެ މިސްރާބު. އާދެ މިއަދު މި ފެށިގެންދާ މަސައްކަތާއި އެކު ފިޔޯރީ ބަދަލުވެގެންދާނީ މި ސަރަހައްދުގެ އެންމެ ވަޒީފާ އުފެދިގެންދާ ރަށަށް. ފިޔޯރީ ބަދަލުވެގެންދާނީ މި އަތޮޅުގެ އެހެން ރައްޔިތުން ހިޖުރަކޮށް ދިރިއުޅޭ ރަށަކަށް. މިރަށް ަބދަލުވެގެން ވާނީ ރަށުން މާލެއަށް ހިޖުރަކޮށްފައިވާ ފަރާތްތައް ރަށަށް އައިސް ދިރިއުޅުން ބިނާ ކުރާ ރަށަކަށް“

މިނިސްޓަރ ވިދާޅުވީ ފިޔޯރީ ވެގެންދާނީ ރަށަށް ލިބޭ އާމްދަނީއާއިއެކު ރާއްޖޭގެ އިގްތިސޯދަށްވެސް ”ކޮންޓްރިބިއުޓް“ ކުރާ ރަށަކަށް ކަމަށާއި ތަރައްގީގެ އެންމެ އުސްކުރި ބޯއްޓަށް ކަމަށެވެ. ބިންހިއްކުމާއި އަދި ބަނދަރުގެ މަސައްކަތް ނިމި، ފެކްޓްރީގެ މަސައްކަތް ފެށުމުން ފިޔޯރީއަށް ތަރައްގީ އަންނާނެ ކަމަށް މިނިސްޓަރ ފާގަަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ފިޔޯރީގެ ތަރައްގީއަށް ކުރެވެން ހުރި ހުރިހާ މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި ކެބިނެޓުގެ ތެރެއިން ވެސް މަޝްރޫއު ވިހާވެސް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބާރު އެޅެން އޮތް މިންވަރަކުން އެކަން ކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: