ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލާފައި: ނައިބުރައީސް

ނައިބުރައީސް ފިޔޯރީގައި ބޭއްވި ހަފްލާގައި ވާހަކަފުޅުދެއްކެވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލާފައި ކަމަށް ނައިބުރައީސް ވިދާޅުވެއްޖެއެވެ.

ފިޔޯރީގައި ބޭއްވި ދަޅުމަސް ބަންދުކުރާ ކާރުހާނާއަށް ބޭނުންވާ ބިން ބަނދަރުގެ އަމަލީ މަސައްކަތް ފެށުމުގެ ހަފްލާގައި ނައިބުރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން އެބޭފުޅުން ސިޔާސީ މަޝްރަހުގައި މީގެ ދެ އަހަރު ކުރިން ތަސައްވަރު ކުރަމުން އައިގޮތަކީ ވަރަށް ތަފާތުގޮތެއް ކަމަށެވެ. އޭރު އެބޭފުޅުން ރާއްޖެ ހަމަމަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރަމުން އައި ގޮތުގެ ވާހަކައަކީ ދިވެހި އެންމެ ތުއްތު ކުއްޖަކަށް ވެސް އޮޅޭނެ ކަމެއް ނޫންކަމަށާއި އޭރު އެބޭފުޅުން ކުރަމުން އައި މަސައްކަތަކީ ރާއްޖެ ބަނގުރޫޓުވުމުން ހުއްޓުވުން ކަމުގައި ވެސް ނައިބުރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ މިސްރާބުން އޮޔާ ދިޔަ އުޅަނދެއް އަނބުރާ ގެނައުމަށްޓަކައި އެބޭފުޅުން ކުރަމުން އައި މަސައްކަތުގެ ހުންގާނުގައި އޭރު ހިއްޕެވީ މިއަދުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށާއި ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން އެމަނިކުފާނު ހޮވާފައި ވަނީ ރައްޔިތުންގެ ހިތްތަކުގައި އެ މަނިކްފާނާއި މެދު ކުލުނާއި ލޯބި އޮތީމަކަމަށް ވެސް ނައިބުރައީސް ވަަނީ ވިދާޅުވެފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދު އެ ފެންނަމުން ދަނީ އޭގެ ހެކިތައް ކަމަށް ނައިބުރައީސް ވިދާުޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެންމެ ފުރަތަމަ މި ރަށުގައި ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމުގެ ވާހަކަ ދެންނެވީ އެމަނިކްފާނު ކަމަށާއި، ނަމަވެސް އޭގެ ކުރިން ވެސް ފިޔޯރީ ކަނޑުން މަސްވެރިން ދަތުރުކުރާ ވާހަކައަަކީ އަބަދުވެސް އަޑުއިވޭ ވާހަކައެއްކަމަށެވެ. އަދި މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ އެ މަނިކްފާނާއި  އެ މަސައްކަތުގައި ބައިވެރިވި ވަޑައިގެން އެ ވާހަކަ އަޑުއެއްސެވީ މިއަދުގެ މެންބަރު އަބްދުލް ރަޝީދު ކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އަދި މިހާރުވެސް މަސްވެރިން އުފުލަމުން އައި ތަކުލީފުތައް އެބޭފުޅުން ވަރަށް ގާތުން ބަލުން އައިކަމަށް އަދ މަސްވެރިން ވެސް އައީ އެ ވާހަކަތައް އެބޭފުޅުންނާއި ހިއްސާކުރަމުން. އަދި އޭރު މި ވާހަކަތައް ރައީސް އަޑުއައްސަވަމުން ގެންދެވި. ޕާޓީގެ ލީޑަޝިޕް ތެރޭގައި މީ މަސައްކަތްތައް ކުރެވެމުން ދިޔަ އިރު ވެސް އެމަނިކްފާނެ އެތަނުގައި އިންނެވި

މިއަދު މި މަޝްރޫއު ފެށިގެން ދިޔުމުގެ ހައްގު ޝުކުރު އަދާކުރަން ޖެހޭ ބޭޭފުޅަކީ މިއަދުގެ ރައީސް ޑރ މުއިއްޒުކަމަށް ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ މަސްވެރިންނަށް މިކަން މުހިންމުވެފައި އޮތް މިންވަރު ރައީސް ދެނެވަޑައިގެން ރަސްމީ ކޮށް ރިޔާސީ ވައުދެއްގެ ގޮތުގައި މި ކަން ހަމަޖެއްސެވީ ވެސް އެހެންވެގެންކަމަށެވެ.

މިކަމުން ރައީސްއަކީ ކަންކަން ބަލާ ދިރާސާކޮށް އެކަމުގެ ހައްލު ހޯދޭނެ ގޮތަކަށް ބަލައިގެންް ރައްޔިތުންނަށް އެންމެ ފައިދާ ވާނެގޮތަށް ކަންކަން ނިންމަވާ ވެރިއެއްކަން ދޭހަ ވެގެންދާ ކަމަށާއި ކޮންމެވެސް ވަރަކަށް ވަގުތު ނެގިކަމުގައި ވިޔަސް އެކަމުގެ ފައިދާ މަޝްރޫއު ނިމުމުން ރައްޔިތުންނަށް ކުރާނެކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބުރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަނީ އަތޮޅުގެ އެހެން ރަށްތަކަށް ވެސް ވަރަށް ގިނަ ވައުދުވެފައި ކަމަށާއި ނަމަވެސް އެބޭފުޅުންނަށް މަސައްކަތަތައް ފަށަން ޖެހޫނީ ހީކުރި ވަރަށް ވެރެ ވެސް ދަތި އުނދަގޫކޮށް ކަމަށެވެ.

ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ވެރިކަމެއްކޮށް ވަނީ ދޫކޮށްލެވިފައިކަމަށާއި، ދެން އަންނަ ބަޔަކަށް އެކަންކަން ތަރުތީބުކޮށް ހަމަމަގަށް އެޅުވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހުނުކަމަށާއި ކުރަން ޖެހިފައި ހުރީ ހަމައެކަނި މަސްވެރިކަމުގެ ދާއިރާގެ މަސަައްކަތް ނޫންކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގައި ވަނީ ރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލާފައި ކަމަށާއި، އިގްތިޞާދަށް ވަނީ ހީވެސް ނުކުުރާވަރުގެ ބޮޑެތި ލޮޅުންތައް އައިސްފައި ކަމަށް އަދި ރައީސް ވެރިކަމާއި ހަވާލުވުމުން ވާދަވެރިން އެ ވާހަކަދައްކަމުން އައީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަމުންކަމަށް ވެސް ނައިބުރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: