ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރޭ: ޝިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފިޔޯރީގައި ގާއިމްކުރާ ދަޅުމަސް ބަންދުކުރާ ކާރުހާނާގެ ބަނދަރު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝިޔާމް ވިދާޅުވީ ދުނިޔޭގައި އެންމެ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރަނީ ރާއްޖޭގައި ކަމަށާއި ދުނިޔޭގެ ދޮށީގެ މަސްވެރިކަމުގެ އެކްސްޕޯޓު މާކެޓުގައި ރާއްޖެއިން 50 އިންސައްތަ ހިއްސާކުރާކަމަށެވެ. އެހެންނަމަވެސް މިހާތަނަށް މަހަށް އަގު ކިޔުމުގެ ބާރު ރާއްޖެއަށް ލިބިފައި ނުވަނީ ސިނާއަތުގެ އިންތިޒާމުތައް ހުރި ގޮތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަހުގެ އަގު ކަނޑައެޅުމުގެ ބާރު ހޯދުމަށްޓަކައި މަސް ރައްކާކުރެވޭ ކެޕޭސިޓީ އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން މިހާރު 9500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ، 25000 ޓަނަށް އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިނިސޓަރ ވިދާޅުވީ މި އަމާޒު ހާސިލްވުމުން ބައިނަލްއަގުވާމީ ބާޒާރުގައި ދިވެހި މަހުގެ އަގު ކޮންޓްރޯލް ކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަަޟށެވެ.

”އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ފެނިގެންދަނީ މަސްވެރިކަމުގެ ދާއިރާއަށް ފާގަތިކަން ލިބެމުންދާ މަންޒަރު. މަސްވެރިކަމަށް އައު އާރޯކަމެއް ލިބިގެންދާ މަންޒަރު. ރައީސް ކުރައްވާ މަސައްކަތާއެކު އެކި ބާޒާރުތަކުގައިވެސް ރާއްޖޭގައި މި ބާނާ މަހަށް އަގު ލިބުުމުގެ އުންމީދު“

ޝިޔާމް ވިދާޅުވީ ފިޔޯރީގައި ގާއިމްކުރުމަށް ނިންމާފައިވާ ދަޅުމަސް ފެކްޓްރީގެ ސަބަބުން ކުރިން މަސް ކިރުވުމަށް ކޫއްޑޫއަށް 40 މޭލު ދަތުރުކުރަން ޖެހުމުގެ ސަބަބުން ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިއީ ސަރަހައްދުގައި 3,000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމްކުރުމަށާއި، މިއީ ކުރިން ރައްޔިތުން އެދެމުންދިޔަ 500 މެޓްރިކް ޓަނަށްވުރެ މާ ބޮޑު ކުރިއެރުމެއްކަންވެސް މިނިސްޓަރ ވިދާޅުުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: