ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް ކުރިމަތިލާން ފޯމު ހުށައެޅުމަށް ދިން މުއްދަތު ކުރު: ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކަށް ފޯމު ހުށައެޅުމަށް ދިން މުއްދަތު ކުރު ކަމަށާއި އެކަމުގެ ޝަކުވާ އޮތް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ކެންޑިޑޭޓުން ފޯމު ހުށައެޅުމާއި ގުޅިގެން ދީދީ ވިދާޅުވީ މިކަން ޕްރޮސެސް ކުރުމުގެ ޝަކުވާއަށްވުރެ މިކަމުގެ މުއްދަތާއި މެދު ޝަކުވާ އޮތް ކަމަށެވެ. ދީދީ ވިދާޅުވީ ވަރަށް ގިނަ މުވައްސަސާ ތަކުން ކްލިއަރެންސް ހޯދަން ޖެހޭ ކަމަށެވެ. އެގޮތުން 193 ކޯޓަކާއި އަދި ކަރެކްޝަނާއި މީރާއިންވެސް އެކަން ކުރުމަށް ފުދޭވަރަކަށް ދުވަސް ނަގާ ކަމަށް ދީދީ ފާހަގަކުރެއްވިއެވެ.

ދީދީ ވިދާޅުވީ މުވައްސަސާތަކުން ކަންކަން ސާފު ކުރުމަށް ވަރަށް ދިގު މުއްދަތެއް ނަގާކަމަށާއި، އެހެންކަމުން އީސީން ދީފައިވާ މުއްދަތަކީ މިއީ އެކަށީގެންވާ މުއްދަތެއް ނޫން ކަމަށްެވެ. އެހެންނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށައެޅުމަކީ އޮތް ޝަކުވާއެއް ނޫން ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެއްކޯޓުން ކްލިއަރެންސް ނުލިބިގެން ތިން ހަތަރު ދުވަސް ވަންދެން ތިބެންޖެހޭ ކަމުގެ ހަބަރުތައްވެސް އަޅުގަނޑުމެންނަށް ލިބޭ. ދެން އެއީ ކިހިނެތް ވެގެންކަމެއް ނޭންގޭ. ޕޯޓަލް އިން ފޯމު ސަބްމިޓް ކުރީމަ، ސަބްމިޓްވި ކަމުގެ ލިޔުމެއް އެބަ އާދޭ. އައިއްސަ އޭގައި ރަނގަޅޫކުރަން އަންނަ ކަންކަންވެސް އާދޭ. އޭގައި އަންސަރޓިނިޓީއަކަށް އިންނަނީ އެ އަންނަ މުއްދަތު، ރަނގަޅޫ ކުރަން އަންނަ މުއްދަތު ފަހަނަ އަޅާ ގޮސްފިކަމުގައި ވާނަމަ ހުށައެޅި ފޯމުގެ ސައްހަކަމާއި މެދު ސުވާލު އުފެދުން

ދީދީ ވިދާޅުވީ މިކަމުގައި އެއްވެސް ރައްޔިތަކަށް އިންސާފު ގެއްލިއްޖެ ކަމުގައި ވާނަމަ، އިންސާފު ހޯދުމަށް ކޯޓަށް ދިއުމަކީ އޮންނަ ކަމެއްކަމަށާއި، އެކަމަށް އެމްޑީޕީން ވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އެހެންނަމަވެސް މިވަގުތު އެމްޑީޕީން މިކަމަށް ތަދައްހުލް ވުމަށް ނިންމާފައި ނުވާ ކަމަށް ދީދީ ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ ޕާޓީގެ ފަރާތުން އިންތިހާބާއި ގުޅިގެން ދިމާވި މައްސަލަތަކާއި ގުޅިގެން ދިރާސާއެއް ހަދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: