ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ވަނީ ރައްޔިތުންގެ ކުރިމަތީގައި ކައުންސިލްތަކުގެ ބާރުތައް ކަނޑާލާފައި: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންގެ ކުރިމަތީގައި ކައުންސިލްތަކުގެ ބާރުތައް ކަނޑާލާފައިވާ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ލިބެމުން އައި ގްރާންޓްތައް ވެސް މި ސަރުކާރުން މިހާރު ކަނޑާލާފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ގާނޫނުއަސާސީގެ 4 ވަނަ ބާބުގައިވާ ފަދައިން ދިވެހި ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި، ނަމަވެސް މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ އަތުން ބާރުތައް އަތުލައި ޚުދުމުޚްތާރު ވެރިކަމެއް ބިނާކުރުމަށް ކަމަށެވެ.

2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި ޕީއެންސީގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން ބާރުތައް މަރުކަޒު ކުރަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ވައުދުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ވެރިކަމަށް އައުމުގެ ކުރިން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު ބޭނުންވާ ކަމަށް ބުނި ނަމަވެސް، މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ލިބުމުން ވެސް ފުއްދުނު ވައުދެއް ނެތް ކަމަށެވެ. ”މަޖިލީހުގެ ދެބައި ކުޅަ ތިންބައިގެ އަގުލަބިއްޔަތަކުން ލިބުމުން ވެސް ފުއްދުނު ވައުދެއް ނެތް، ހަމައެކަނި އެޅުއްވީ ބިންގާ،“ ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަންކަމަށް ފާޑުކިޔުން

ޝާހިދު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މައްޗަށް ފާރަވެރިވުމަކީ ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއް ނަމަވެސް، މިހާރު މަޖިލީހަކީ ރައީސް އޮފީހުން ހިންގާ ޑިޕާޓްމެންޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މެންބަރުންގެ އަނގަމަތީގައި މަލަން އަޅާފައިވާ ކަމަށާއި، މެންބަރުންނަށް މިހާރު ވާހަކަ ދެއްކެނީ ރައީސް ވިދާޅުވާ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅުވައިގެން ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، ވައުދުތައް ފުއްދޭނީ ކައުންސިލް އިންތިހާބު ކާމިޔާބުވުމުން ކަމަށް ސަރުކާރުން ބުނާއިރު، ދިވެހި ރައްޔިތުންނަކީ ކަންކަން ވިސްނޭ ބައެއްކަން ސަރުކާރަށް އެނގެން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ އަމަލުތައް ހުރީ ރައްޔިތުންގެ ބާރުތައް ނިގުޅައިގަނެ، މަރުކަޒީ ނިޒާމަކަށް ގައުމު އަނބުރާ ގެންދިއުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: