ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑަރުން ބިޒީވެ، ކޯލިޝަން ބައްދަލުވުމެއް ނުބޭއްވިފައި!

ކޯލިޝަން ލީޑަރުންގެ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރުންގެ ބައްދަލުވުމެއް ނުބޭއްވިވަނީ ލީޑަރުންގެ ޝެޑިއުލް ހުރިގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ހަތަރު ލީޑަރުންނަށް ފަސޭހަފުޅު ދުވަހެއް ބެއްލެވުމަށްފަހު ލީޑަރުންގެ ބައްދަލުވުމެއް ބާއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފަވާކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވީ ނަމަވެސް އެއީ ރަނގަޅު މައުލޫމާތެއް ނޫންކަން ހޫދުވަނީ ފާހަގަކުރައްވާފައެވެ. އަދި ވީ އެންމެ އަވަސް ފުރުސަތެއްގައި އެ ބައްދަލުވުން ބާއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށާ، އެ ބައްދަލުވުން ބޭއްވޭނެ އިރެއް ނޭނގޭ ކަމަށް ހޫދު ވިދާޅުވިއެވެ.

 

” ކޯލިޝަން ވަކި ވަކި ލީޑަރުންނާއި ރައީސް އާއި ބައްދަލުވޭ. ވާހަކަވެސް ދެކެވޭ. ދެން އެކުގައި ބައްދަލުވުމެއް ނުބޭއްވެނީ ޝެޑިއުލް ހުރި ގޮތުން ލީޑަރުން ދިމާ ނުވާތީ. އެހެންނަމަވެސް ވަރަށް އަވަހަށް ބައްދަލުވުމެއް ބާއްވާނެ ކަމަށް ވިދާޅުވެފައި އޮތީ” ހޫދު ވިދާޅުވިއެވެ.

ރައީސް ސޯލިހް ނޫސްވެރިންނާއި ވާހަކަދައްކަވަނީ

“މޯލްޑިވްސް ޔުނައިޓެޑް” އޮޕޮޒިޝަންގެ ނަމުގައި އެންމެ ފުރަތަމަ އުފެދިގެން އައި ކޯލިޝަން ބޮޑުވެ ފަހުން އެ ކޯލިޝަންގައި ރައީސް މައުމޫންއަށް ތާއީދުކުރާ ފަރާތްތަކާއި އަދާލަތު ޕާޓީގެ އިތުރުން ޖުމްހޫރީ ޕާޓީވެސް ހިމެނުނެވެ.

އެގޮތުން ލީޑަރުންގެ ގޮތުގައި ފާހަގަކުރެވެނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާއި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲއާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

ކޯލިޝަންއަކީ މާޒީއަށް ބަލާއިރު ހިތި އެއްޗަކަށްވީ ނަމަވެސް އެކަން ބަދަލުކުރައްވާނެ ކަމަށް މީގެ ކުރިން ރައީސް ސޯލިހްވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް އެމަނިކުފާނު ވޯޓު ދެއްވީ ކޯލިޝަން ކެނޑިޑޭޓެއްގެ ގޮތުގައިކަން ފާހަގަ ކުރެއްވިއެވެ. މިއީ ހަމައެކަނި “އެއް” ސިޔާސީ ޕާޓީގެ މަސައްކަތެއް ނޫންކަން އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައްޔިތުން ވޯޓު ދެއްވި ސަބަބު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ ކަމަށާއި، މިއީ ކޯލިޝަން ސަރުކާރެއް ކަމަށް ވިދާޅުވިއެވެ. އެ ވާހަކަފުޅަށް އެއް އަހަރު ދުވަސް ވެގެންދިޔައިރު މިއަދާއި ހަމައަށް ބޭއްވި ކޮންމެ މުނާސަބާއެއް، ކޮންމެ ޖަލްސާއެއް، ކޮންމެ ބައްދަލުވުމެއްގައި ހަމަ “އެ ވާހަކަ” ތަކުރާރު ކުރައްވައެވެ. އަކުރަކަށް، ފިއްޔަކަށް ވެސް ބަދަލެއް ނާދެއެވެ. “މިއީ ކޯލިޝަން ސަރުކާރެކެވެ. ދެމި އޮންނާނީ ވެސް ކޯލިޝަންއެއްގެ ގޮތުގައި” އެވެ.

ލީޑަރުންގެ ބައްދަލުވުމުގެ ތެރެއިން

ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ދެ ޕާޓީ އެމްޑީޕީ އާއި ޖޭޕީ ދެމެދު މައްސަލަ ޖެހި އޮތީ ހޫނުވެފަ އެވެ. އެގޮތުން ލިބޭ ކޮންމެ ފުރުސަތެއްގައި އެއް ޕާޓީން އަނެއް ޕާޓީއަށް މިހާރުވެސް ބަހުގެ ހަމަލާތައް ދެމުންދާކަން ފާހަގަކޮށްލެވެއެވެ. ގާސިމް ހިތްހަމަނުޖެހި ވަޑައިގެން 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ޕީޕީއެމްއާއި އެކު ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރިއެެވެ. އެހެން ނަމަވެސް ސަރުކާރު ކޯލިޝަން އިން ވަކި ނުވާނެ ކަމަށާއި، ޕާޓީ އަބަދުވެސް އޮންނާނީ ރައީސް ސޯލިހްއާއި އެކު ކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ކޯލިޝަންގެ ލީޑަރުންގެ ގުޅުން ބަދަހި ކުރުމަށްޓަކާ، ހަތަރު ލީޑަރުން މަހަކު އެއް ފަހަރު ބައްދަލު ކުރާނެ ކަމަށް މީގެ ކުރިން ނިންމި ނަމަވެސް އެކަން އެގޮތަށް ހިނގަމުން ނުދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ރަސްމީ ސިފައެއްގައި މަޝްވަރަތާއް ކުރިޔަށް ގެންގޮސްފައިވަނީ 3 ފަހަރެއްގެ މަތީންނެވެ. އެކިފަހަރުމަތިން ލީޑަރުންނާއި ބައްދަލު ކުރައްވާނެކަމަށް ރައީސް، ސޯލިހް ތާރީހުތައް ދެއްވައެވެ. ހަމަ އެފަދަ ތާރީހެއް ދާދި ފަހުންވެސް ދެއްވިއެވެ. އެއީ، އދ ގެ ތަގުރީރަށްފަހު ރާއްޖެ ވަޑައިގެން ލީޑަރުންނާއި ބައްދަލު ކުރައްވާނެ ކަމެވެ. އެހެން ނަމަވެސް، އެ ދަތުރުފުޅު ނިންމާ މާލެ ވަޑައިގެންނެވިތާ 2 މަސް ދުވަސްވީއިރު އަދި ލީޑަރުންގެ ބައްދަލުވުމެއް ނުބާއްވައެވެ.

ލީޑަރުންނާއި އެއް މޭޒެއްގައި ބައްދަލު ނުކުރި ނަމަވެސް، ހުރިހާ ލީޑަރުންނާއި ވެސް ގުޅުއްވާ ރައީސް ސޯލިހް މަޝްވަރާ ކުރައްވައެވެ. އަދި ކަންކަމުގައި ލަފާ ވެސް ހޯއްދަވާކަން މީގެ ކުރިން ހާމަކުރައްވާފައިވެއެވެ. އެންމެ ފުރަތަމަ ކޯލިޝަންގެ މައްސަލަ ޖެހުނީ މަޖިލީސް އިންތިޚާބުގައި އެކުގައި ވާދަ ނުކުރެވުމުންނެވެ. އޭރު ލީޑަރުންނާއި ބައްދަލު ނުކުރެއްވީ އެ ބައްދަލުވުމުން ލިބޭނެ ފައިދާއެއް އޮތްކަމަށް ޤަބޫލު ނުކުރައްވާތީ ކަމަށް ރައީސް ސާލިހު ވިދާޅުވެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް އެ ޕާޓީތައް ވާދަކުރާނީ ވަކިންކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: