ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ކުރިމަތިލާން އީފާސް ބޭނުންކުރުން ހުއްޓުވައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބަލައެއް ނުގަތް

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށާއި އަމިއްލަ ކެންޑިޑޭޓުން އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރަން ޖެހޭތީ ހުށަހެޅި މައްސަލަ ބަލައިނުގަނެ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލައަކީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފަރާތުން އެ ޕާޓީގެ ސެނެޓް މެންބަރު އަދި ގާނޫނީ ވަކީލު އާދަމް އާސިފް މިދިޔަ ބުދަ ދުވަހު ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ރަޖިސްޓްރާ ނިންމެވީ އިއްޔެ އެވެ. ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ އީފާސް މެދުވެރިކޮށް ދެއްކުމަށް ޝަރުތުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް މައްސަލާގައި ބުނެފައިވާއިރު، އެކަން ގާނޫނާ ހިލާފުވާ ގޮތް ގާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކޮށްދީފައި ނުވާ ކަމަށެވެ.

މައްސަލައިގެ ތަފްސީލު

ޕީއެންއެފްގެ ފަރާތުން ކޯޓުގައި އެދިފައިވަނީ، އިންތިހާބަށް ކުރިމަތިލުމަށް ބޭނުންވާ ލިޔެކިއުންތަކާއި އިދާރީ ފީ ދެއްކުމުގެ އިތުރަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް 50 މީހުންގެ ތާއީދު އޮތްކަން ސާބިތުކޮށްދޭން، އީފާސް މެދުވެރިކޮށް ތާއީދު ފޯމު ފުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ ހިންގަވާ ޕީއެންއެފް އިން ދެކޭ ގޮތުގައި، އީފާސްއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންކުރާ ނިޒާމަކަށް ނުވާއިރު، އިންތިހާބަށް ކުރިމަތިލުމުގައި އެ ނިޒާމު ބޭނުންކުރުން ލާޒިމުކުރުމަކީ ގާނޫނާ ހިލާފު ކަމެކެވެ. ނަމަވެސް، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ހަމަވިއިރު ވެސް، ކޯޓުން މި މައްސަލައާ މެދު ގޮތެއް ނިންމާފައެއް ނުވެ އެވެ.

އީސީގެ އާ އުސޫލު

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލާފައިވަނީ މުޅިން އާ އުސޫލެއްގެ ދަށުންނެވެ. ކުރީގެ އިންތިހާބުތަކާ ހިލާފަށް، މިފަހަރު އެ އިދާރާއަށް ހާޒިރުވެ ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، ހުރިހާ ކަމެއް ކުރިއަށް ގެންދަނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އީފާސް ބޭނުންކޮށްގެންނެވެ.

މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމުމާ ގުޅިގެން، އީސީން ކަނޑައަޅާފައިވާ ޑިޖިޓަލް ނިޒާމަށް އެއްވެސް ބަދަލެއް ނައިސް އިންތިހާބުގެ މަސައްކަތްތައް ކުރިއަށްދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: