ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ބޮޑެތި ތުހުމަތުތަކާއި އެކު ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، 2019 ގައި މަރުވި ޖެފްރީ އެސްޕްޓިން އަދި ރައީސް ވަހީދުއާއި އެކު މެއިލްތައް މެދުވެރިކޮށް ވާހަކަ ދައްކާފައިވާއިރު ދެ މީހުންގެ ބައްދަލު ކުރިކަން ވެސް އާންމުވެފައިވާ ލިޔެކިއުންތަކުން އެނގެ އެވެ.
ދުނިޔޭގެ އެކި ލީޑަރުންނާއި، މަޝްހޫރު ނުފޫޒުގަދަ އެތައް ބައެއްގެ ނަން އެސްޕަޓިން ފައިލްއިން ވަނީ އާންމުވެފަ އެވެ.
މި މައްސަލައިގައި ރައީސް ވަހީދުގެ އޮފީހުގެ ފަރާތުން އާންމު ކުރި ބަޔާނުގައި ބުނީ އެޕްސްޓީންއާއި އެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރާކަމަށެވެ. އަދި އެޕްސްޓީންއާއި އެކު ބޭއްވީ ރަސްމީ ގުޅުމެއްކަމަށް ވެސް ވިދާޅުވި އެވެ.
ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނު ނުވަތަ އާއިލާ ވެސް އެޕްސްޓީންގެ އެއްވެސް ޕާޓީއެއް ނުވަތަ ނުރަސްމީ ބައްދަލުވުމެއްގައި ބައިވެރިވެފައޮ ނުވާނެކަމަށެވެ.
މީގެއިތުރުން ބަޔާނުގައި ވަނީ އެޕްސްޓީންއަކީ އެފަދަ ތުހުމަތެއް އޮތް ހަޑިމުޑުދާރު މީހެއްކަން ކުރިން އެނގިފައި ނުވާކަމަށެވެ.

