ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ ފޭސް 2 ގައި ގާއިމްކުރި ރޯދަ މާރުކޭޓުން ގޮޅި ދޫކުރަން ހުޅުވާލައިފި

މާރުކޭޓު ސަރަހައްދު
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ހުޅުމާލޭގެ ދެވަނަ ފިިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ވިޔަފާރިކުރުމަށް ގޮޅި ދޫކުރުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕްރޭޝަން  (އެޗްޑީސީ ) އިން މިއަދު ނެރެފައިވާ އިއުލާނުގައި ވަނީ މި ރޯދަމަހާއި ދިމާކޮށް ހުޅުމާލޭގެ ދެވަނަ ފިިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ވިޔަފާރިކުރުމަށް ގޮޅި ނެގުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވައިލައިފިކަމަށެވެ.

އެގޮތުން މި މާރުކޭޓުން ގޮޅު ދޫކުރާ ފަރާތްތައް ގޮޅިދޫކުރާ ފަރާތްތައް ކަނޑައަޅާނީ ގޮޅިއަށް އެދި ހުށައަޅާ ފަރާރްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ މެދުގައި ކުރިއަށްދާ ގުރުއަތަކުންނެވެ.

މި ފަހަރު ފޯމު ދޫކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށްވެ. އެގޮތުން  ”ހުޅުމާލޭގައި ގާއިމްކޮށްފައިވާ ރޯދަމާރުކޭޓުން ގޮޅި ހޯދުމަށް ހުށައަޅާ ފޯމު“ އެޗްޑީސީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެއެވެ.

ފޯމު ބަލައިގަތުމާއި ގުރުއަތުނެގުން ކުރިއަށްދާނީ 5 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހު 15:30 ގައެވެ. އަދި މި ކަން ކުރިއަށްދާނީ އެޗްޑީށީގެ ކަސްޓަމަރ ކެއަރ އޮފީހުގެ ސެންްޓްރަލް މޯލްގައެވެ.

މި ކަމާއި ގުޅޭ އިތުރު މައުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 1516 އަށް ގުޅުއްވުމުން ލިބިގެންދާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: