ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރާސްފަތިދުވަހު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ ނިންމުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރު އިދާރާތަކަށް އަންގައިފި

މިނިސްޓްރީ އޮފް ފިނޭންސް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 12 ވާ ބުރާސްފަތިދުވަހުގެ ނިޔަލަށް ސަރުކާރާއި ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ ނިންމުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ ހުރިހާ އިދާރާތަކަށް އަންގައިފިއެވެ.

މިނިސްޓްރީން މިގޮތަށް އަންގާފައިވަނީ ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ އިނާޔަތް ދިނުމުގައި އަމަލުކުރަންވީ ގޮތް ބަޔާންކޮށް ނެރުނު މާލިއްޔަތާ ބެހޭ ސާކިއުލާއެއްގައެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން، ރޯދަމަސް ފެށޭއިރު ”ޕޭ ލީވް“ އަދި ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް، މިފަދަ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ވަޒީފާއަށް ނުކުމެއްޖެނަމަ، އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން މަސް ނިމެންދެން ޖެހޭ ނިސްބަތުން އިނާޔަތް ދޭންވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު 4 ވަނަ އިސްލާހުގައިވާ ގޮތުގެ މަތިން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި ދޭންޖެހެނީ 3,000 ރުފިޔާ އެވެ. ދައުލަތުގެ އިދާރާތަކުން މި ފައިސާ މުވައްޒަފުންނަށް ދޫކުރާއިރު، ގާނޫނީ ގޮތުން ކަނޑައެޅިފައިވާ މި މިންގަނޑަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިރުޝާދު ދީފައެވެ.

ކަލަންޑަރުގައިވާ ގޮތުން 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ މި މަހުގެ 18 ވާ ބުދަ ދުވަހުއެވެ. އެހެންކަމުން، ރޯދަމަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް އިނާޔަތް ލިބޭނެކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: