ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާންތަކުގައި މިހާތަނަށް ދެއްކީ ހުސް ވާހަކަތަކެއް، ރައްޔިތުންނަށް ވީ ފައިދާއެއް ނެތް: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އިއްވަވާފައިވާ ރިޔާސީ ބަޔާންތަކުގައި ހިމެނޭ މުހިންމު ވައުދުތައް ފުއްދުމުގައި ލިބުނު އެއްވެސް ކާމިޔާބީއެއް ނެތްކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި، ރައީސުލްޖުމްހޫރިއްޔާ މާދަމާ ރިޔާސީ ބަޔާން އިއްވާނެ އެވެ. އެކަމާއި ގުޅޭގޮތުން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިލް ވިދާޅުވީ، 2025 އަދި 2026 ވަނަ އަހަރަށް އަމާޒުކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާންތަކަކީ ރައްޔިތުން ހޮވާފައި ތިބި މަންދޫބުން ކުރިމަތީ ވެވަޑައިގަތް ބޮޑެތި ވައުދުތަކެއް ކަމަށެވެ. ނަމަވެސް އެ ވައުދުތަކުން ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަމަށް ނާޒިލް ވިދާޅުވި އެވެ.

ހާއްސަކޮށް 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުތަކެއް ހިންގާނެ އަހަރެއްކަމަށް ވިދާޅުވި ނަމަވެސް، އެ އަހަރު ނިމިގެން ދިޔައީ އެދެވޭ އެއްވެސް ނަތީޖާއެއް ނުފެނިކަމަށް ނާޒިލް ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ތަރައްގީއަށް ވެވަޑައިގަތް ވައުދުތަކާއި ގުޅޭގޮތުން ނާޒިލް ވިދާޅުވީ، ގަން އެއާޕޯޓް ހުޅުވުމާއި ހިތަދޫ އާއި ހުޅުދޫ – މީދޫ ގުޅުވައިދޭ ބްރިޖްގެ މަސައްކަތް ވެސް އޮތީ ހުއްޓިފައި ކަމަށެވެ. ބްރިޖްގެ މަސައްކަތުގެ ގޮތުގައި ފެނިގެންދިޔައީ ހަމައެކަނި ފަރުމަތީގައި ލައިނެއް ދަމާލައިގެން ކުރިކަމެއް ކަމަށާއި، އިގްތިސާދީ ގޮތުން މުހިންމު ހަންކެޑެ މަޝްރޫއުގެ ހުވަފެން ރައްޔިތުންނަށް ދެއްކުމަށް ފަހު ވެސް ލިބުނު ފައިދާއެއް ނެތްކަމަށެވެ.

ނާޒިލް ވިދާޅުވީ، ގާތްގަނޑަކަށް 180 ބިލިއަން ރުފިޔާ މި ސަރުކާރުން ހުސްކޮށްފައިވާ އިރު، އެ ފައިސާއިން ރައްޔިތުންނަށް ކޮށްދެވުނުކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ކުދި ބޮޑު ހުރިހާ ރަށެއްގައި މަޝްރޫއުތައް ހިންގި ނަމަވެސް، މި ސަރުކާރުން ”ކަޑަ ނުޖަހާނެ“ ކަމަށް ބުނެ ޕޯޑިއަމްތަކުގައި ދައްކަމުން ދަނީ ހުސް ވާހަކަކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: