ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާގެ ހަނގުރާމަވެރި ދިވެއްސެއްގެ ދުލުން: މިއަދު މިސްކިތްތަކުން މަދު ބަޔަކު ފެނި ޖަގަހަތައް ފުރިއްޖެ!

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ދިވެއްސެއް ކަމަށްވާ ޚައްތާބު މާލްދީފީ ----
ޝެއާރކޮށްލާ ކަހަލަދޯ؟

ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ދިވެހިން ބައިވެރިވާ ކަމީ މިއަދު އެންމެން ދަންނަ ހަގީގަތެކެވެ. އެފަދަ ދިވެހީންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާއިރު، ސީރިއާގައި އުޅޭ ދިވެހިންގެ ދުލުން ވާހަކައެއް އަޑުއިވެނީ މަދުފަހަރެއްގައެވެ. ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ދިވެއްސެއް ކަމަށްވާ ޚައްތާބު މާލްދީފީ ނަމަކަށް ކިޔާ ޒުވާނަކު ވަނީ ސީރިއާގެ ޚަބަރުތައް ދުރަށް ފޮނުވަމުންދާ އޮންލައިން މީޑިއާއަކަށް ދިވެހި ބަހުން އިންޓަވިއު ދީފައެވެ.

މި އިންޓަވިއުގައި އޭނާ ވަނީ ރާއްޖޭގެ ޙާލަތާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދައްކާފައެވެ. އިންތަވިއު އޭނާ ފެށީ ސީރިއާއަށް އޭނާ ދަންޖެހުނު ހިސާބުންނެވެ.

އޭނާ ބުނި ގޮތުން ސީރިއާއަށް ދާންޖެހުނީ ސީރިއާގައި އެތަށް މުސްލިމުންތަކެއް ދުނިޔޭގެ ކުރިމަތީގައި ގަތުލުވަމުން ދިޔައިރު އެ މުސްލިމުންގެ ދިފާއުގައި ތެދުވާނެ އެއްވެސް ޤައުމެއް ނުވަތަ ދައުލަތެއް ނެތީތީ ކަމަށެވެ. ގާތްގަނޑަކަށް މިލިއަނަކާއި ގާތްކުރާ އަދަދަކަށް މުސްލިމުންތަކެއް ގަތުލުވަމުން ދިޔައިރު އެހީތެރިކަމުގެ އަތެއް ފޯރުކޮށްލާނެ ޤައުމެއްނެތް ކަމަށެވެ.

” އަޅުގަނޑުގެ ޒަމީރު ޤަބޫލެއް ނުކުރޭ މިފަދަ ލާއިންސާނީ އަމަލު ހިންގުމަކީ މިއީ އެއްވެސް ހާލެއްގައި ރަނގަޅުކަމެއް ކަމަކަށް. ހަމައެހެންމެ މުސްލިމެއްގެ ހައިސިއްޔަތުން އަޅުަގނޑުގެ ދީން އެބަ ބާރު އަޅާ އަނެއް މުސްލިމް އަޚާއަށް އެހީތެރިވުމަށް. ސީރިއާގެ މުސްލިމުންނަށް އެހީތެރިވުމަށްޓަކައި އަޅުގަނޑު މިތަނަށް އަންނަން ޖެހުނީ. އަޅުގަނޑު ނިންމީ ވެވޭ ކިތަންމެ ކުޑަ އެހީތެރިކަމެއް ވިޔަސް، ސީރިޔާގެ ރައްޔިތުންނަށް ވުމަށް. އެގޮތުން އަޅުގަނޑު ސީރިއާއަށް އައީ.

އޭނާ ބުނިގޮތުންނަމަ މިހާރު އޭނާ ސީރިއާއަށް އައިތާ 2 އަހަރުވެއްޖެ ކަމަށެވެ. އޭނާއަކީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އައި އެސް އައި އެސް ޖަމާއަތަށް ނިސްބަތްވާ މީހެއްތޯ ސުވާލުކުރުމުން ބުނީ އޭނާ އަކީ އެއްވެސް އިރެއްގައި އެ ޖަމާއަތަށް ނިސްބަތްނުވާ ކަމަށެވެ.

ޖިހާދަށް ދާ މީހުންނަކީ ރެޑިކަލައިޒްޑް މީހުން ކަމަށް ރާއްޖޭގައިދެކޭއިރުގައި އެކަމާއި މެދު ދެކެނީ ކިހިނެތްތޯ ސުވާލުކުރުމުން އޭނާ ބުުނީ އެ މަފްހޫމް އޭނާ ޤަބޫލު ނުކުރާ ކަމަށެވެ.

” މިއަދު ރެޑިކަލިސްމް، އެކްސްޓްރީމިޒަމް އަދި ފަނޑަމެންޓަލިޒަމް މި ލަފްޒުތަށް ނުވަތަ މި ޓާމްތަށް ބޭނުންކުރަނީ ދީނާ ދެކޮޅަސް، އިސްލާމްދީނާއި ދެކޮޅަށް ބޭނުންކުރާ ހަތިޔަރެއްގެ ގޮތުގަ. ހަމަ އެހެންމެ މިހަތިޔާރުތަށް ބޭނުންކޮށްގެން މިބައި މީހުންގެ މަގުސަދަކަށް މިވަނީ އެކަމުން ނާޖާއިޒް ފާއިދާތަކެއް ހޮދުން، ވިޔަފާރިތަކެއް މިބައިމީހުން ކުރަމުންދަނީ. އެގޮތުން ބޭރުގެ އެކިއެކި ޖަމާއަތްތަކާއި ގުޅިގެން މިބައިމީހުން ކުރާ ވިޔަފާރިއެއް މިއީ. އެހެން ވީމަ އެބައިމީހުން ތިބުނާ ލަފްޒުތަށް އެ މަފްހޫމް އަޅުގަނޑު ގަބޫލެއް ނުކުރަން”

ރާއްޖޭގައި މިއަދު ރަސޫލާ ޞައްލައްﷲ ޢަލައިހިވަސްލަމްގެ ދިފާއުގައި ނުވަތަ އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއި ލޯބިކުރުމަކީ އެއީ ރެޑިކަލްވުން ކަމަށެވެ. އެއީ އޭނާ ޤަބޫލު ކުރާ ކަންތައްތަކެއް ނޫން ކަމަށާއި ދިވެހި ރައްޔިތުންވެސް މިގޮތް ގަބޫލު ނުކުރާނެ ކަމަށް އޭނާ ބުންޏެވެ.

ސީރިއާގައި އުޅޭ ދިވެހިންގެ އަދަދު ސީދާ ބުނަން ނޭންގޭ ކަމަށާއި ނަމަވެސް ސީރިއާގައި އުޅޭ ދިވެހިންނާއި ގުޅިގެންނާއި ދިވެހިންގެ އަދަދާއި ގުޅިގެން ރާއްޖެއިން ހަދަނީ ބުހުތާނު ދޮގު ކަމަށް އޭނާ ބުންޏެވެ.

” ދޮގެއް ކަމަށް މި ބުނާ ސަބަބަކީ ރާއްޖޭގެ އިމިގްރޭޝަންގައި ހުރިހާ ރިކޯޑުތަކެއް އެބަހުރި، އެ ރިކޯޑުތަށް ހުއްޓާ މަޖިލިސް މެންބަރުން ޖަލްސާތަކުގައި ގޮއްސަ މި ބުނަނީ މިވެނި އަދަދެކޭ މިވެނި އަދަދެކޭ. މިފަދަ ދޮގު ބުހުތާނުތަކެއް ރައްޔިތުންގެ ކުރިމަތީގައި މިހަދަނީ. އަޅުގަނޑަކަށްވެސް ނޭންގެ މިފަދަ ދޮގުތަކެއް މިހަދަނީ، ހުދު މިބައިމީހުންގެ ނަފްސުތަށްވެސް ގަބޫލުކުރޭ މިހެދެނީ ދޮގުކަން. އަޅުގަނޑަކަށް ސީދާ އަދަދެއް ނޭންގެ. އެކަމް އިނގޭހާވެސް އެއްޗަކީ އެބައިމީހުން އެހަދަނީ ދޮގުކަން”

އެނބުރި ރާއްޖެއަށް އައުމުގެ އެއްވެސް ޚިޔާލެއް ހުރިތޯ އެހުމުން އޭނާ ބުނީ ސީރިއާއަށް އައީ އެޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމަށް ކަމަށާއި އެނބުރި ރާއްޖެއަށް ދިއުމާއި މެދު އެއްޗެއް ބުނަން އިނގޭނީ ﷲ ތައާލަގެ ޝަރީއަތުގައިވާ އަދުލުވެރިކަމާއި އަމާންކަމާއި އެކީ އުޅުމުގެ ފުރުސަތު ސީރިއާގެ ރައްޔިތުންނަށް ލިބުނު ދުވަހަކުން ކަމަށް އޭނާ ބުންޏެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް އެމްޑީއެންއާއި މެދު ދެކެނީ ކިހިނެތްތޯ ސުވާލުކުރުމުން އޭނާ ބުނީ މައްސަލައަކީ އެމްޑީއެން ނުން ކަމަށާއި މިއީ އެއަށްވުރެ ފުޅާ ވާހަކައެއް ކަމަށެވެ. އިސްލާމްދީން މުލުން ލުހެލުމަށް ބަޔަކު މީހުން ރާވައިގެން ޕްލޭންކުރެވިގެން އައިސް މިހާރު އެބައިމީހުން ވެރިކަމާއި ހަމައަށް ފޯރާފައިވާ ކަމަށެވެ.

މައްސަލައަށް ވެގެން މިއުޅެނީ މި ބައިމީހުން ސަރުކާރާއި ހަމައަށް ފޯރާ މަޤާމުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން ކަމަށް އޭނާ ބުންޏެވެ. އެމީހުންނަކީ މިއަދު ސަރުކާރުގެ ހިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށް އޭނާ ބުންޏެވެ. އެބައިމީހުން އެތަށް ޤާނޫނެއް ފުހެލާ ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި ބަދަލުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.

” މީގެ އެތަށް ދުވަސްތަކެއް ކުރިން އެތީސްޓުންނާއި ސެކިއުލަރ ފިކުރުގެ މީހުންނަކީ ވަރަށް މަދުބައެއް. ނަމަވެސް މި މަދު މީސްކޮޅު ތަށް ދުވަހެއް ކުރިން އެބައިމީހުން މި ޖަމާވާ މަގުސަދުތަކަކަށް ޖަމާވެ، މިބައިމީހުންގެ މޫވްމަންޓް މިވަނީ ހަރަކާތްތެރިވާން ފަށާފަ. އެގޮތުން މިބައިމީހުން އެކި ދުވަސްވަރު އެކި ގޮތްގޮތުން ސަރުކާރުގެ މަތީ މަޤާމުތަކަށް މިބައިމީހުން އައީ ވަންނަމުން. އެ މަޤާމުތަކަށް އިސްކުރެވި މަޤާމުތަކުގެ ނުފޫޒު އައީ ހޯދަމުން. އަދި ހަމަ އެހެންމެ ރައްޔިތުންގެ ލޮލުގައި އިސްލާހުގެ އެޖެންޑާއެއް އަޅުވާފައި ރައްޔިތުންނަށް އިސްލާހުގެ އަވާ ނުވަތަ އެ ޖަޒުބާތުގައި ރައްޔިތުން ޖައްސާފައި މިބައިމީހުން މި މަޤާމުތަކަށް އަންނަމުން، އިސްލާހުގެ ނަމުގައި ވާހަކަތަކެއް ދައްކަމުން މިބައިމީހުން އައީ ލާދީނިއްޔަތު ފަތުރަމުން. އެމްޑީއެން އެއްނޫން ހަޤީޤަތުގައި މައްސަލައަކީ. މައްސަލައަކީ މިއަދު އެބައިމީހުންގެ ފިކުރުގެ މީހުން މުޅި ސަރުކާރުގެ ތެރެއަށް ފެތުރިގަނެފައިވާ ފެތުރިގަތުން. އަދި އެބައިމީހުން އެ މަޤާމުތަށް ނަހަމަގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މައްޗަށް ލާދީނީ ޤާނޫނުތަކެއް ހަދަމުން އަންނަކަން. މި ޤާނޫނުތަކުގެ ދަށުން ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްކެވި ދީން، އިސްލާމްދީން އަދި ނަމޫނާއެއްގެ ގޮތުގައި ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް ނުވަތަ މި ޤަބޫލުކުރާ މީހުނާމެދުގައި ނުވަތަ ސުންނަތަށް އުލޭ މީހުންނާއި މެދުގަ ހަރުކަށި ފިޔަވަޅުތަކެއް އެޅެމުންދާތަން. މި އަޚުންނާއި އުޚުތުން ހައްޔަރުވެގެން ގެންދެވޭތަން، ނުވަތަ އެފަދަ އަޚުންނާއި އުޚުތުންގެ ގެތަކަށްގޮސް ރޭޑު ޖަހަމުންދާތަން”

އިސްލާމްދީނަށް ގޮވާލާ ދީނީ އިލްމުވެރިންނާއި ޝެއިޚުން ހަމައެކަނި ގޮވާލަމީ ޖިހާދުކުރުމަށްތޯ ސުވާލުކުރުމުން އޭނާ ބުނީ ރާއްޖޭގައި ދަރުސްތަށް ދޭ ދީނީ އިލްމުވެރިންނާއި ޝެއިޚުން ދަރުސްދެނީ ރައްޔިތުން ކުރިމަތީގައި ޓީވީތަކުން ލައިވްކޮށް ބްރޯޑްކާސްޓްކޮށްގެން ކަމަށެވެ.

އެފަދަ ދައުވަތުތަކުގައި އެތަށް ރައްޔިތުންނެއް ދާ ކަމަށާއި ޝެއިޚުން ގޮވާލަނީ ހަމައެކަނި ޖިހާދަށް ކަމަށްވާނަމަ 4 ލައްކައިގެ އާބާދީއެއް އޮންނަ ރާއްޖޭގެ ދިވެހިން ތިބޭނީ ޤައުމުގައި ތޯ ނުވަތަ ޖިހާދުގެ ފްރަންޓްލައިންގައިތޯ ސުވާލުކުރަން ޖެހޭ ކަމަށެވެ. ރާއްޖެއިން ޖިހާދަށް ނިކުންނަނީ އިނގިލިން ގުނާލެވޭހާ މަދުބައެއް ކަމަށެވެ.

ޝެއިހުން ގޮވަނީ ޖިހާދަށް ނޫންކަން އެބަ އިނގޭ ކަމަށް އޭނާ ބުންޏެވެ. ހަމަ އެގޮތަށް ޖިހާދަށް ނުދާންވެސް ބައެއް ދީނީ އިލްމުވެރިން ގޮވާލާކަމަށް އޭނާ ބުންޏެވެ.

މިއީ މަދު ބަޔަކު އެޖެންޑާއެއް ހާސިލްކުރުމަށް، ޝެއިހުންގެ ފަރާތުން މި ލިބޭ މަދު އިލްމުކޮޅުވެސް ރައްޔިތުންނާއި ހަމައަށް ފޯރުވިޔަނުދީ ޝެއިޚުންގެ އަބުރު ކަތިލުމަށް ކުރާ ކަމެއް ކަމަށް އޭނާ ބުންޏެވެ.

” ރައްޔިތުން ޝެއިޚުންގެ ފަރާތުން، ރޭގަނޑުގެ ނިދި ނުލިބުނީމާ އެ ގުޅާލާ ގުޅާލުން، ނުވަތަ ދަރިފުޅު ރޯން ފެށީމާ އެ ގުޅާލާ ގުޅާލުން އެހިސާބުން ހުއްޓިގެން ދާނެ. އެހިސާބުން ޝެއިޚުންގެ ފަރާތުން ދީނީ އިލްމު ހާސިލްކުރުމުގެ ބަދަލުގައި ރައްޔިތުން ދާނީ ޖާހިލު ކަމުން ޖާހިލުކަމަށް. އޭރުން އަހަރެމެން ދާނީ ދުވަހެއް ދުވަހަކަށް އިސްލާމްދީނާއި ބީރައްޓެހިވަމުން، އިސްލާމްދީނުގެ ހައްގުގައި ކަމެއް ކުރާނަމަ ބުނާނެ އެއީ ހައްދުފަހަނަ އަޅާ ދިއުމޭ. މިއީ އެމީހުން ހާސިލް ކުރަންބޭނުންވާ ޓާގެޓަކީ”

މިއަދު ރާއްޖޭގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބުނެ އޭނާ ބުނީ މިއީ އިސްލާހީ މަސައްކަތުގެ ނަމުގަިއ ބަޔަކު ނިވާގައި ތިބެގެން ފަތުރަމުންދާ ޕްރޮޕަގަންޑާއެއް ކަމަށެވެ.

މިއަދު ދިވެހިންގެ ދިރިއުޅުމަށާއި ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ޑިމޮކްރަސީ ފައްކާކުރަން ބަޔަކު މީހުން އައިސް ޤައުމު އިސްލާހުކުރަންޖެހޭ ކަމަށް ބުނެ ރައްޔިތުންގެ ލޮލުގައި އަދުން އެޅުވުން ކަމަށެވެ. މިއީ “އިސްލާހު” މި ލަފުޒުގެ ނިވާފަތްގަނޑުގައި ތިބެގެން ފެއްޓި މަސައްކަތެއް ކަމަށެވެ.

“މިއަދު މިސްކިތްތަކުން މަދު ބަޔަކު ފެނި ޖަގަހަތަށް ފުރިއްޖެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއް ނަމަވެސް ސުންނަތަށް އުޅެނީ މަދުބައެއް. އިސްލާމްދީނުގެ ދިފާއުގައި ތެދުވާ މީހަކީ ހަރުކަށި މުޖްތަމައުއާ ބީރައްޓެހި މީހެއްގެ ގޮތުގައި ދެއްކުމަށް ސަރުކާރުންވެސް މަސައްކަތްކުރޭ. މިއީ މިބައިމީހުންގެ ޕްރޮޕަގަންޑާގެ ދަށުން ގެނެސްގެން އުޅޭ ކަންތައްތަކަކީ. މިކަންކަން މެދުވެރިވި ސަބަބަކީ މިބައިމީހުން އެބުނާ އިސްލާޙީ އެޖެންޑާގެ ދަށުގައި މި ނިވާފައތްގަނޑުގެ ދަށުގައި އައިސް ހިންގު މަސައްކަތްތަށް. އެގޮތުން އެބައިމީހުން ގެނައި ކުޑަކުޑަ މޫވްމަންޓްއެއް މިއީ އެމްޑީއެންއަކީވެސް ހަގީގަތުގައި. ބުނެވިދާނެ ރާއްޖެއަށް ބޮޑު ބަދަލެއް އައުމުގެ މައިގަނޑު ސަބަބަކީ ލާދީނީ ފިކުރުގެ މީހުން ޤައުމުގެ މަތީ މަޤާމުތަކަށް އިސްވުމޭވެސް. ނުވަތަ މިއަދު ރައީސް އޮފީހަށް ނުވަތަ ޝަރުޢީ ކޯޓުތަކަށް އަދި ހަމައެހެންމެ އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖީލީސް ފަދަ ތަންތަނުގައި ތިބީ މިފަދަ ނުބައި ބޮޑެތި މީހުންތަކެއް އައްޔަން ކުރެވިފަ. ރައްޔިތުން ހީކުރީ މިބައިމީހުން އިސްލާހު ގެންނާނެ ކަމަށް. ނުވަތަ އަދުލުވެރި ވެރިކަމެއް ކުރާނެ ކަމަށް. އެހެން ނަމަވެސް އެބައި މީހުންގެ ނުބައި ވަކިތަށް މިއަދު ރައްޔިތުންގެ ގައިގައި މިވަނީ ހިއްޕާލާފަ”

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. އެ ޒުވާނާ އަކީ ކޮންމެ ތާކު ހުރިމީހެއްކަމުގަ ވީނަމަވެސް އެ ވީޑިއޯގައި ދައްކާފައިއެވަނީ ހަމަ ވަރަށްތެދު ވާހަކަތަކެއް… އަހަރެން ބަލަނީ އޭނަގެ ސިފަޔަކަށްނޫން.. އޭނާ އެދެއްކި ވާހަކަތަކަށް…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: