ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމަރޝަލް ބޭންކުގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ތައާރަފުކޮށްފި

ކޮމާޝަލް ބޭންކުގެ ކަސްޓަަމަރުންނަށް ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލެޓު ތައާރަފު ކުރުން -- ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގާއި ކޮމަރޝަލް ބޭންކް އޮފް މޯލްޑިވްސް ގުޅިގެން އެ ބޭންކްގެ ކަސްޓަމަރުންނަށް ދިރާގު ޕޭ ވޮލްޓްތަކަށް ކަސްޓަމަރުގެ ބޭންކިންގ ޕޯޓަލް މެދުވެރިކޮށް ފައިސާ އެޅުމުގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ދިރާގުން ބުނީ މި ޚިދުމަތް ވެގެން ދާނީ މުޅި ރާއްޖޭގައިވެސް އަލަށް ބޭންކް އަކާއި ދިރާގު ޕޭ ފަދަ އިލެކްޓްރޯނިކް ވޮލެޓެއް އިތުރު އެޕްލިކޭޝަނެއް ނުވަތަ ޕޭމަންޓް ގޭޓްވޭއެއް މެދުވެރިނުކޮށް ކޭޝް އިން ކުރެވޭނެ ގޮތުގެ އިންތިޒާމެއް ގާއިމުކޮށްދިން ފުރަތަމަ ފަހަރަށެވެ.

ދިރާގު ސީ. އީ. އޯ. އަދި އެމް. ޑީ އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި މި ތަޢާރަފު ކުރެވުނު ހިދުމަތުގެ ސަބަބުން ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިއީ ކޮމާޝަލް ބޭންކް ފަދަ މާލީ މުވައްސަސާ ތަކާ އެކު ދިރާގުން އޮންނަ ގުޅުން ބަދަހިކޮށް މުސްތަޤްބަލުގައި ‘ކޭޝްލެސް’ މުޖުތަމައެއް ބިނާ ކުރުމަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

ދިރާގުޕޭގެ ޚިދުމަތް މިހާރު ރާއްޖޭގެ އެކި ހިސާބުތަކުން 230 މާޗެންޓުން ފޯރުކޮށްދެއެވެ. އަދި މި ފަދަ މާޗެންޓް ތަކުން ދިރާގުޕޭ ގެ ކަސްޓަމަރުންނަށް މި ޚިދުމަތް ބޭނުން ކުރައްވައިގެން ކުރައްވާ ވިޔަފާރި ތަކަށް 10% އާއި 50% އާއި ދެމެދުގެ ޑިސްކައުންޓު ލިބިގެންދާނެއެވެ.   

ދިރާގު ޕޭ އަކީ 2017 ވަނަ އަހަރު ދިރާގުން ތަޢާރަފުކުރި ކޭޝްލެސް ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑް ނުގެންގުޅެ ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއަރ ފީލްޑް ކޮމިނިކޭޝަން (އެން.އެފް.ސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުންވެސް ތަކެއްޗާއި ހިދުމަތްތަކަށް ފައިސާދެއްކޭނެގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭނެގޮތަށް ތައާރަފްކުރި މިހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި، ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެއެވެ.

ދިރާގުގެ އަމާޒަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީގެ ޒަރިއްޔާއިންނާއި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: