ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތައް އިއުލާނުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ރޯދަ ރެޑީ ޕްރޮމޯޝަންގެ ދެވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތައް އިއުލާނުކޮށްފިއެވެ.

ދިވެހިންގެ ސަގާފަތާއި އާދަކާދަތަކާ ގުޅުވައިގެން ފަރުމާކޮށްފައިވާ މި ޕްރޮމޯޝަންގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނަށް ރޯދަމަހަށް ތައްޔާރުވުމަށް ބޭނުންތެރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ގޮތުން، މި ޕްރޮމޯޝަންގެ ދެވަނަ ހަފުތާގައި ގުރުއަތުން ހޮވުނު ނަސީބުވެރިންނަށް ވިލާ މާޓުގެ 5،000 ރުފިޔާގެ ޝޮޕިންގް ވައުޗަރ ވަނީ ހަދިޔާކޮށްފައެވެ. މި އަގުހުރި ވައުޗަރތައް ހާސިލުކުރި ނަސީބުވެރިންނަކީ:

27ޖަނަވަރީ – މުހައްމަދު ތޮލާލް
28ޖަނަވަރީ – މޫސާ ނަސްރު
29ޖަނަވަރީ – މަރިޔަމް ޝިފްލީން އިސްމާއިލް
30ޖަނަވަރީ – މޫސާ ފަހުމީ
31ޖަނަވަރީ – ޒިޔާދު މޫސާ
1ފެބުރުވަރީ – އަހްމަދު ޔޫސައު
2ފެބުރުވަރީ – ހުސައިން މާހިދު

މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 21 ނަސީބުވެރި ފަރާތަކަށް 5،000 ރުފިޔާގެ ވައުޗަރ ހޯދުމުގެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ. އަދި، މީގެން ކޮންމެ ވައުޗަރަކީ ރާއްޖޭގެ މަގުބޫލު ވަކި ފިހާރައަކުން ނުވަތަ އެއަރލައިނަކުން ވިޔަފާރި ކުރެވޭނެ ވައުޗަރއެކެވެ. މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކު ހޮވިފައިވާ ނަސީބުވެރިއަކަށް އެއް މިނެޓުގެ ތެރޭގައި ހިލޭ ބާޒާރުކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

20 ޖަނަވަރީ އިން 9 ފެބުރުވަރީ 2026 އަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ރުފިޔާއިން ފެށިގެން މަތީގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން، އަދި ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެޑް-އޮންއެއް ނުވަތަ ބޫސްޓަރއެއް އެކްޓިވޭޓްކޯށްގެން ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ. މީގެ އިތުރުން، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ”ވިން 2 ސްޕީޑްބޯޓްސް“ ޕްރޮމޯޝަނުގައި ބައިވެރިވެފައިވާ ކަސްޓަމަރުންނާއި، ދިރާގު x އައިސިކް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި، ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް ވެލިއު އެޑެޑް ސާވިސް (VAS) ސަބްސްކްރިޕްޝަނެއް އެކްޓިވޭޓްކުރި ކޮންމެ ކަސްޓަމަރަކަށް ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ލިބިފައެވެ.

ދިރާގުގެ މައިގަނޑު އަމާޒަކީ މަންފާކުރަނިވި ހިދުމަތްތައް މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމެވެ. މި ގޮތުން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް، ކަސްޓަމަރުންނަށް އަގުހުރި އިނާމުތަކެއް ލިބޭނެ ތަފާރު ހާއްސަ ޕްރޮމޯޝަންތައް އެ ކުންފުނިން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: