ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރޫސް ޓަރމިނަލް ހުކުރު ދުވަހު ހުޅުވަނީ

މާލެ ސިޓީގައި ހުޅުވާ ކްރޫސް ޓާމިނަލް --- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީގައި ތަރައްޤީކޮށްފައިވާ ކްރޫޒް ޓަރމިނަލް ހުކުރު ދުވަހު ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަސްވެރިންގެ ޕާކު ސަރަޙައްދު ޖެޓީ ފަތުރުވެރިން ބޭނުން ކުރުމަށް ހުކުރު ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ގެންނަ އެޖެންޓުންނާއު ކްރޫޒް ލައިނަރތަކުން އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔާނީ ގެސްޓް ރިލޭޝަން އޮފިސަރުން ކަމަށް އެ އިއުލާނުގައިވެއެވެ.

މަސްވެރިންގެ ޕާލުގައި ހަދާފައިވާ އިމާރާތުގައި ފަތުރުވެރިންނަށް ޚާއްސަ ފާހަނާތަކާއި ގެސްޓް ރިލޭޝަން އޮފިސްގެ އިތުރުން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަޙައްދެއް ކަނޑައަޅާފައިވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.

އެހެންކަމުން މާލެ ސިޓީ ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން ސިޓީ ކައުންސިލާއި ގުޅިގެން މަސްވެރިންގެ ޕާކު ސަރަޙައްދު ބޭނުންކުރަން ޝައުގުވެރިވެލައްވާ މީހުން ޑިސެމްބަރު 20ވާ ހުކުރު ދުވަހުގެ ކުރިން މާލެ ސިޓީ ކައުންސިލްގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް ވަނީ އަންގާފައެވެ.  ކައުންސިލްގެ އީމެއިލް އެޑްރެހަކީ secretariat@malecity.gov.mv

https://twitter.com/MaleCitymv/status/1206837798709260288

ކްރޫސް ލައިނަރ ތަކުުން ޒިޔާރަތްކުރާ ފަތުރުވެރިންނާއި އަދި އެހެނިހެން ފަތުރުވެރިންވެސް މާލެ ސިޓީއަށް ފައިބަނީ އިއްޒުއްދީން ފާލަން ކައިރިއަށެވެ. އެ ސަރަޙައްދުގައި ޓެންޓުޖަހައިގެން ގެސްޓް ރިލޭޝަން އޮފިސަރުން ފަތުރުވެރިންނަށް ޚިދުމަތް ދެމުން އަންނަ އިރު މާލެއަށް އަންނަ ފަތުރުވެރިންނަށް ވަކި އިންތިޒާމެއްގެ ތެރެއިން ޚިދުމަތް ދެވޭނެ ގޮތްތަކެއް ފަހުކޮށްދިނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކުގެ އެދުމެކެވެ.

ކްރޫޒްލައިނަރތަކަށް ހާއްސަ ޓާމިނަލެއް އެޅުމަށް މަސްވެރިންގެ ޕާކު ބަންދު ކޮށްފައިވަނީ މިއަހަރުގެ މާޗުމަހުގެ ތެރޭގައެވެ. އެ ސަރަހައްދު ތަރައްގީކުރާނީ މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޭނުން ކުރެވޭނެފަދަ ގޮތަކަށް ކަމަށް މާލޭ ސިޓީ ކައުންސިލުމް މީގެ ކުރިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: