ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރުގަ ވާނުވާ ނޭނގި އަރަމުން އަންނަ ޒުވާނުންނަށް ހަޖޫ ޖެހުމުން ކުޅިވަރުގެ މުސްތަޤްބަލް ހަލާކުވެގެންދާނެ: ތޮލާލް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރުގަ ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރައްސާރަކުރުމުގެ ސަބަބުން ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ހަލާކުވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވިދާޅުވެއްޖެއެވެެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޮލާލް ވިދާޅުވީ ކުޅިވަރުގަ ވާނުވާ ނޭނގި ނަމަވެސް، ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމުގެ ބޭނުމުގައި އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގަނާކޮށް، ފުރާއްސާރަކޮށް، ހަޖޫ ޖެހުމުގެ ސަބަބުން ޤައުމުގެ ކުޅިވަރުގެ މުސްތަޤްބަލް ހަލާކުވެގެންދާ ކަމަށެވެ.

ތޮލާލް ވިދާޅުވީ ވަކި މީހެއްގެ ދަރިއަކަށްވުން ނުވަތަ ވަކި ޢާއިލާއަކަށް ނިސްބަތްވުން އެއީ ކުޅުންތެރިއެއްގެ ޙައްޤަކުން މަހްރޫމްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެ ކުއްޖެއްގެ ހުނަރުން އެ ކުއްޖަކު ހޯދާ ކާމިޔާބީއަކީ އެކުއްޖާއާއި އަދި ޤައުމުގެވެސް ކާމިޔާބީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތޮލާލް ވިދާޅުވީ މުސްތަޤްބަލްގައި އެކަމުގެ ފައިދާ ކުރާނީ ޤައުމަށް ކަމަށެވެ. ކުޅުންތެރިން ހޯދާ ކާމިޔާބީގައި އެ ކުޅުންތެރިންނަށް ހިތްވަރުދީ ކުރިއަށް ދިއުމުގެ މަގު ދައްކައިދިނުމަކީ ކުޅިވަރުގެ މުސްތަޤްބަލް އުޖާލާ ކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅަކަށްވާނެ ކަމަށްވެސް ތޮލާލް ވަނީ ވިދާޅުވިއެވެ.

ތޮލާލް މިހެން ވިދާޅުވެފައިވާއިރު ސްޕޯޓްސް މިނިސްޓްރީން ކޮންމެ އަހަރަކު ބާއްވާ ކުޅިވަރު އެވޯޑްގެ ”އަހަރުގެ ޒުވާން ކުޅުންތެރިޔާ“ (ފިރިހެން) ކެޓަގަރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުން އުމެއިރު މުހައްމަދު މުއިއްޒު ނޮމިނޭޓްވެފައި ވަނީ ޓޭބަލް ޓެނިސް (ޓީޓީ) އެސޯސިއޭޝަންގެ ފަރާތުންނެވެ. މި ކެޓަގަރީއަށް ޖުމްލަ ފަސް ކުޅުންތެރިން ނޮމިނޭޓްވެފައިވާއިރު، އުމައިރު ހިމެނުމުން އެކަމަށް ސޯޝަލް މީޑިއާގައި ދަނީ ފާޑުކިޔަމުންނެވެ. އަދި އުމެއިރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ސިޔާސީ ގޮތުން ރައީސް މުއިއްޒަށް ވެސް ދަނީ ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: