ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް އެމްއެމްއޭއިން ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ބޭނުންކުރަމުންދާ ރަންދިހަ ފަހެއްގެ ނޫޓު ސީރީޒްގެ 20 ރުފިޔާގެ އައު ސްޓޮކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.

އެމްއެމްއޭއިން ބުނެފައިވަނީ 20 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. މީގެކުރިން ވެސް އެމްއެމްއޭއިން ވަނީ 100 ރުދިޔާގެ އައު ސްޓޮކެއް ގެނެސްފައެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މިއީ އާއްމުކޮށް ފައިސާގެ ނޫޓުތައް މަދުވުމާއި ގުޅިގެން ކުރާ ކަމެއް ކަމަށާއި ، މިއީ ފައިސާ ޗާޕުކުރުން ނޫން ކަމަށެވެ. މިހާރު ދައުރުވާ 20 ރުފިޔާގެ ނޫޓަކީވެސް ވަރަށް ބޮޑަށް ހަލާކުވެފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން އެ ބޭންކުން ކުރިއާލާއި ނޫޓު ހުސްވެދާނެ ހާތަކަށް ތައްޔާރު ވާކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ މިއީ އިގްތިސާދުގެ ތެރެއަށް އިތުރުވާ ބައެއް ނޫން ކަމަށާއި، މިއީ މިހާރުވެސް ބޭނުންކުރަމުންދާ ފައިސާގެ  ސްޓޮކް ހުސްނުކޮށް، ދެމެހެއްޓުމަށް ކުރަމުންދާ ކަމެއް ކަމަށެވެ.

އެމްއެމްއޭއިން މިހެން މިކަން ފާހަގަކޮށްފައިވާއިރު، މީގެ ކުރިން މިފަދަ ކަންކަމާއި ގުޅިގެން އާއްމުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ސުވާލުތައް އުފެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: