ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނިޔާއާއި ދެކޮޅު މާއްދާއެއްގައި ރާއްޖެއިން ބައިވެރިވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާއާ ދެކޮޅަށް އދ. އިން ހަދާފައިވާ މުއާހަދާގެ 22 ވަނަ މާއްދާގައި ރާއްޖެއިން ބައިވެރިވާން ނިންމަވައިފިއެވެ.

އެކަން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ އިއުލާނުކުރައްވާފައިވާފައެވެ.

200 ވަނަ  މާއްދާގެ ހ ބުނާގޮތުން، އަނިޔާއާ ދެކޮޅު މުއާހަދާގެ ދަށުން ހުށަހަޅާ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ގައުމަކީ 22 ވަނަ މާއްދާ ބަލައިގަނެ އެކަން އިއުލާނުކޮށްފައިވާ ގައުމުތަކަށެވެ.  އަދި އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ގައުމެއްގެ އިހުތިސާސް ހިނގާ ސަރަހައްދުގައި ހުރި މީހަކަށް ވާން ޖެހޭނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ރައީސް ސޮއިކުރެއްވި މުއާހަދާގެ ދަށުން، ރާއްޖޭގެ އިހްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ މީހުން، އެ މީހުންނަށް ލިބޭ ލާ އިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭގޮތުން ކޮމެޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު އެ ކޮމެޓީއަށް ލިބިގެންވެ އެވެ.

އެ މާއްދާގައި ބައިވެރިވުމަކީ، ރާއްޖެއިން ހުށަހެޅި ރިޕޯޓު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މުރާޖައާކުރުމަށްފަހު އެ ކޮމެޓީން ހުށަހެޅި ރިކޮމެންޑޭޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: