ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުގެ ކުރިން ޕީއެންސީއަށް 69 ގޮނޑި، އެމްޑީޕީއަށް ހަ ގޮނޑި ކަށަވަރުވެއްޖެ

ދިވެހިންގެ ރާއްޖެ - ޕީއެންސީ ޖަލްސާގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ:
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް ކަށަވަރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިހާބަކާ ނުލައި ގޮނޑިތައް ކަށަވަރުވި ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާ ގުޅިގެން ގިނަ ގޮނޑިތަކެއް ވަނީ އިންތިހާބަކާ ނުލައި ކަށަވަރުވެފައެވެ. މީގެ ތެރޭގައި ޕީއެންސީއަށް ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ހިމެނެއެވެ.

ޕީއެންސީއަށް ކަށަވަރުވި ގޮނޑިތަކުގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތައް ހިމެނެއެވެ. އޭގެ ތެރޭގައި ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، އަދި ލ. މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑި ވަނީ އެ ޕާޓީއަށް ކަށަވަރުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް އިންތިހާބަކާ ނުލައި މިހާތަނަށް ކަށަވަރުވެފައިވަނީ ޖުމްލަ 6 ގޮނޑިއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އެއް ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަސް ގޮނޑިއެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 5 ގޮނޑި އަދި އަދާލަތު ޕާޓީއަށް 2 ގޮނޑި ވަނީ އިންތިހާބަކާ ނުލައި ލިބިފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 މެންބަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިފަހަރުގެ އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބިގެންވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: