ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

” ލަސްނުވެ ރައީސް ޔާމީން ކަފާލަތުގެ ދަށުން ދޫކޮށްލާނެ ކަމުގެ ޔަޤީންކަން އެބައޮތް” : ޑރ. ޖަމީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ލަސްނުވެ ކަފާލާތުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން ދޫކޮށްލާނެ ކަމުގެ ޔަޤީކަން އެބައޮތް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ޓީމްގައި ހިމެނޭ، ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ފަރާތުން ކަފާލާތަށް އެދި ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޒަމާނީ ޖުޑީޝީއަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތްކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެެވެ.

https://twitter.com/MJameelAhmed/status/1207160827117092864

ޑރ. ޖަމީލް ވަނީ އިނގިރޭސި ބަހުން ވެސް ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކޮށްލަން އެދިވަޑައިގަތްކަން ހާމަކުރައްވާ ޓްވީޓެއް ކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ސާބިތުވާ ކަމަށް ކަނޑައަލައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުކް ކޮށް ފަސް މިޔިލޔަން ޑޮލަރުން ޖޫރިމަނާ ކުރީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކޮށް  ފަސް ގާޒީންގެ ބެންޗުން ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން ލޯންޑާ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ގިނަ ނުކުތާތަކެއް ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ ފާހަގަ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: