ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ – ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް: މެޖޯރިޓީ ލީޑަރު އާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ – ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓަކީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި އެ އެއްބަސްވުމަކީ ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ސީދާ ރައީސް ޔާމީން އަންގަވައިގެން ސޮއިކުރެއްވި އެއްބަސްވުމެއްކަމަށް ވިދާޅުވެފައިވެެއެވެ. އަދި އެއްވެސް މެމްބަރަކަށް ފުރިހަމަ އެގްރީމެންޓް ނުފެންނަކަމަށާ، އެ އެއްބަސްވުން ފާސް ކުރުމުގެ ކުރިން މަޖިލީހުން ފާސްކުރުމުގައި ވެސް އަމަލު ކުރީ އުސޫލުން ބޭރުން ކަމަށް އޭނާ ވިދާޅުވިއެވެ.

https://twitter.com/aliaazim/status/1207152800326545409

އާޒިމް މިހެން ވިދާޅުވެފައި ވާއިރު، ދާދިފަހުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ، އެ އެގްރީމެންޓަކީ އިންވެސްޓްމެންޓެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ރާއްޖެއަށް އޮތް ދަރަންޏެއް ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން، ޗައިނާއާއި މެދު ރައީސް ނަޝީދު ދައްކަވާ ވާހަަކަތަކަކީ ސަމާލުކަން ހޯއްދަވަން ދައްކަވާ ވާހަކަތަކެއްކަމަށާ އެ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް، ރާއްޖެއަށް ކަނޑައަޅާފައިވާ ޗައިނާ ސަފީރު ޒޭންގް ލިޒޯންގް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަފީރު ވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ދޭދޭ ޤައުމުތަކަމާއި މެދު ވާހަކަދެއްކުމުގައި މިހާރަށް ވުރެ ޒިންމާދާރު ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ ޗައިނާއިން ރާއްޖޭގެ ބިން ޖަހައިގަނެފައިވޭތޯ ސުވާލުކުރައްވާފައެވެ.

ޗައިނާއިން ރާއްޖޭގައި ކުރި އިންވެސްޓްމެންޓަކީ އެހެން ޤައުމުތަކުގައި ވެސް ކޮށްފައިވާ ފަދަ އިންވެސްޓްމެންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: