ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤާނޫނުތައް ހުއްޓަސް ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަނޭ: އެޗްއާރްސީއެމް

ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީގޮތުން ހިޖުރަވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މަޤްސަދަކީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ޤައުމު ދޫކޮށް އެހެން ޤައުމުތަކަށް ހިޖުރަކޮށްއުޅޭ މީހުނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހޭލުންތެރިކޮށް، އެގޮންޖެހުންތައް ޙައްލުކުރުމަށް ވަކާލާތުކުރުމާއި، ޙައްޤުތައް ރައްކާތެރިކުރުމަށް ބާރު އެޅުން ކަމަށް އެ ބަޔާނުގައިވެއެވެ.

ދިވެހިރާއްޖެއަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރިން ކަމަށް އެޗްއާރްސީއެމްއިން ބުނެއެވެ.

އަދި ހިޖުރަވެރީންގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމަށާއި އެފަދަ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ތަފާތު ޤާނޫނުތައް ހަދާފައިވާ ކަމަށާ، މި ޤާނޫނުތަކާއި ޤަވާޢިދުތަކުން ބިދޭސީ މަސައްކަތްތެރިންގެ ޙައްޤުތައް އެކަށައަޅައި، އެފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅި ބަޔާންވެގެންވާ ކަން ފާހަގަކޮށްފައެވެއެވެ.

އެހެންނަމަވެސް ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލުވާ އެހެނިހެން ފަރާތްތަކުން މި މަސައްކަތްތެރިންގެ ޙައްޤުތަކަށް އަރައިގަންނަމުންދާކަމަށް އެޗްއާރްސީއެމުން ބުނެއެވެ.

“ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި ރައްކާތެރިކަންނެތް މާހައުލުގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ އުޖޫރަ ނުދިނުމާއި، ނިސްބަތްވާ ޤައުމު ނޭނގުމާއި، ބިދޭސީއަކަށްވީތީ ތަފާތުކުރުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެން ޖެހުމާއި، މަސައްކަތްކުރުވާ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިޔުން އަތުލުމާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިންގ)ގެ މައްސަލަތަކާއި، މަސައްކަތްކުރުވާ ފަރާތުގެ އިޙުމާލުން ނުރައްކާތެރި ޙާލަތްތަކަށް ހުށަހެޅި ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތަކާ އަދި ބިދޭސީ މަސައްކަތްތެރިން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ހިމެނެއެވެ” އެ ބަޔާނުގައި ވެއެވެ.

އެޗްއާރްސީއެމުން ވަނީ ޤާނޫނުތަކާއި ޤަވާޢިދުތަކުން ލިބިދީފައިވާ ޙައްޤުތަކާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި އެފަރާތްތަކަށް ކަށަވަރުކޮށްދިނުމަށް ގޮވާލާފައެވެ.

އަދި މިކަމާމެދު ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވައި، ދުޅަހެޔޮ މުޖުތަމަޢުއެއް ޤާއިމުކުރުމަށް މި ކޮމިޝަނުން ކުރާ މަސައްކަތުގައި ދިވެހި ދައުލަތާއި މީޑިއާތަކާއި މަދަނީ ޖަމާޢަތްތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، އެފަރާތްތަކާމެދެ އިޙްތިރާމާއެކު މުޢާމަލާތްކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ހަމަމިއާއެކު، ރާއްޖެއަށް ހިޖުރަކުރާ ބިދޭސީ މަސައްކަތްތެރިންވެސް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭކަންވެސް އެޗްއާރްސީއެމްއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: