ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނައިން ސާކިއުލޭޓްވާ އެއް ނޫޓުގެ ތެރޭގައި 20 ރުފިޔާ ހިމެނޭ!

ރުފިޔާތަކެއް ބަންޑެލި ޖަހާފައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެހިރާއްޖޭގެ ބާޒާރުގައި 20 ރުފިޔާގެ ނޫޓު ލިބުން ދަތިވެ، އެ ނޫޓަށް އޮތް ޑިމާންޑް ބޮޑުތަނުން އިތުރުވެފައި ވަނިކޮށް، 20 ރުފިޔާގެ އާ ނޫޓު ސްޓޮކެއް މިއަދު ރާއްޖެ ގެނެސްފިއެވެ.

މިއީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިހާރުގެ ގަވަރުނަރު އަހުމަދު މުނައްވަރުގެ ސޮޔާއެކު ނެރޭ ފުރަތަމަ ނޫޓުތަކެވެ.

ބާޒާރުގައި ފައިސާގެ ނޫޓު މަދުވުމުން، ދޭތެރެ ދޭތެރެއިން ނޫޓުގެ ސްޓޮކް ގެނައުމަކީ އެމްއެމްއޭއިން އަބަދުވެސް ކުރަމުން އަންނަ ކަމެކެވެ.

މިއީ ބައެއް ފަރާތްތަކުން ތުހުމަތުކުރާ ފަދައިން އަލަށް ފައިސާ ޗާޕުކުރުމެއް ނޫނެވެ. މިއީ ބާވެ ހަލާކުވާ ނޫޓުތައް ބަދަލުކުރުމަށާއި، ބާޒާރުގައި ހުރި ފައިސާގެ ސްޓޮކް ހަމަހިފެހެއްޓުމަށް ގެންނަ ސްޓޮކްތަކެކެވެ.

އެގޮތުން މި މަހުގެ ކުރީކޮޅު 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމާ ގުޅިގެން ވެސް އާ ސްޓޮކެއް ގެނެސްފައިވާއިރު، މިދިޔަ އަހަރު ވެސް 100 ރުފިޔާގެ އައު ނޫޓުތަކެއް ގެނެސްފައިވެއެވެ.

އެމްއެމްއޭގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިހާރު އިގްތިސާދުގައި ދައުރުވަމުން އަންނަ ނަގުދު ފައިސާގެ ޖުމްލަ އަގަކީ 4.14 ބިލިއަން ރުފިޔާއެވެ. ވަކިވަކި ނޫޓުތަކަށް އޮންނަ ޑިމާންޑް ބިނާ ވަނީ އާންމުން ފައިސާ ބޭނުންކުރާ ގޮތަށާއި މާލީ އިދާރާތަކުން ފައިސާ ބަހާ ގޮތުގެ މައްޗަށެވެ. ހާއްސަކޮށް ރަމަޟާން މަހާ ދިމާކޮށް ކުރާ ކުދިކުދި ވިޔަފާރިތަކުގައި ނަގުދު ފައިސާ ބޭނުންކުރާ މިންވަރު އިތުރުވުމާއި، އޭޓީއެމްތަކުން ފައިސާ ނަގާ މިންވަރު އިތުރުވުމަކީ 20 ރުފިޔާގެ ނޫޓަށް އޮތް ޑިމާންޑް ބޮޑުވި މައިގަނޑު ސަބަބެވެ.

އާންމު ގޮތެއްގައި އެންމެ ގިނައިން ދައުރު ވަނީ ވެސް 20 ރުފިޔާއާއި، 100 ރުފިޔާގެ ނޫޓެވެ.

20، 10، އަދި 5 ރުފިޔާ ފަދަ ކުދި ނޫޓުތަކަކީ ބޮޑެތި ނޫޓުތަކަށް ވުރެ މާ އަވަހަށް އަތުން އަތަށް ބަދަލުވާ ފައިސާކަމަށް ވާތީ، ނޫޓުތައް ބާވެ ހަލާކުވުމުގެ ފުރުސަތު ބޮޑެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، 100 ރުފިޔާގެ ނޫޓަށް ފަހު ރާއްޖޭގައި އެންމެ ގިނައިން އަލުން ޗާޕުކުރަން ޖެހެނީ 50، 20. އަދި 10 ރުފިޔާގެ ނޫޓެވެ.

ނޫޓުތައް ބާވެ، ކުލަ ފަނޑުވެ، ނުވަތަ ވީދުމުގެ ސަބަބުން އޭގައި ހުންނަ ސަލާމަތީ ސިފަތައް ދެނެގަންނަން އުނދަގޫވުމަކީ އައު ނޫޓު ޗާޕުކުރަން ޖެހޭ މައިގަނޑު އެއް ސަބަބެވެ.

ނޫޓުތަކުގެ ދައުރުވުން (2022 – 2025)

ތަފާސްހިސާބުތަކަށް ބަލާއިރު، 500 ރުފިޔާގެ ނޫޓަށް ފަހު ދެން އެންމެ ގިނައިން ދައުރުވަނީ 100 ރުފިޔާގެ ނޫޓެވެ.

ވޭތުވެދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު؛

  • 2022: 100ރ (2.8 މިލިއަން)، 500ރ (6.0 މިލިއަން)
  • 2023: 100ރ (2.9 މިލިއަން)، 500ރ (6.6 މިލިއަން)
  • 2024: 100ރ (3.1 މިލިއަން)، 500ރ (6.1 މިލިއަން)
  • 2025: 100ރ (3.5 މިލިއަން)، 500ރ (6.5 މިލިއަން)

މިދިޔަ ހަތަރު އަހަރު ޖުމްލަ ގޮތެއްގައި 500 ރުފިޔާގެ 25.2 މިލިއަން ނޫޓު އަދި 100 ރުފިޔާގެ 12.4 މިލިއަން ނޫޓު ސާކިއުލޭޝަންގައި ދައުރުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: