ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރުގެ މީހުން ހޯދަން މަޑުއްވަރީގައި އޮޮޕަރޭޝަނެއް ފަށައިފި

ހަރުކަށި ފިކުރުގެ މީހުން ހޯދަން މަޑުއްވަރީގައި އޮޮޕަރޭޝަނެއް ފަށައިފި --- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ މީހުން ހޯދަން ރ. މަޑުއްވަރީގައި ފުލުހުން އޮޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ފުލުހުން ހިންގާ ޚާއްސަ އޮޕްރޭޝަންއަކާއި ގުޅިގެން މަޑުއްވަރީގެ ބައެއް ގެތަށް ބަލާ ފާސްކުރަމުން ދާ ކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ދަނީ ފުލުހުންނާއި ސިފައިން ގުޅިގެން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. އިތުރު ތަފްސީލާއެކު ނޫސްބަޔާނެއް ނެރޭނެ ކަމަށް އިޒްމިޔާ ވިދާޅުވިއެވެ.

ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންނާއި ސިފައިން ގުޅިިގެން ހިންގަމުންދާ މި އޮޕްރޭޝަންއަކީ ހައްދުފަހަނަ އެޅި ފިކުރު މަޑުއްވަރީގައި އާންމުވެ މީގެ އަސަރު ރަށުގެ އަންހެނުންނަށާއި ތުއްތުކުދިންނަށްކޮށް، އެކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިންގަމުން އަންނަ އޮޕަރޭޝަންއެކެވެ. އެގޮތުން މިއަދު ހެނދުނު ވަގުތެއްގައި މަޑުއްވަރީއަށް ގާތްގަނޑަކަށް 20 ފުލުހުން  އަރާފައިވާ ކަމަށް ސަންގަށް ވަނީ މައުލޫމާތު ލިބިފައެވެ.

ހަރުކަށި ފިކުރުގެ މީހުން ހޯދަން މަޑުއްވަރީގައި ފުލުހުން އޮޮޕަރޭޝަނެއް ފަށާފައިވާއިރު ދާދި ފަހުން ލަނޑާ ނަގަން ގޮސް އުޅުމުގެ ތެރޭގައި ހިނގި ދީނީ ދެ ބަސްވުމެއްގެ ތެރެއިން، އެ ރަށު ފެހިއަލި، އިސްމާއިލް ހައްމާދު މަރާލުމަށް ވަނީ ހަމަލާދީފައެވެ. ހަމަލާދިން އޭނާގެ އެކުވެރިންނަކީ ދީނީގޮތުން ހަރުކަށި ފިކުރުގެ ވިސްނުން ހުންނަ މީހުން ކަމަށް ތުހުމަތު ކުރެއެވެ. އަދި ހައްމާދުއަކީ ވެސް އެފަދަ ވިސްނުމުގެ މީހެއްކަމަށް ވާހަކަ ދެކެވެއެވެ.

މީގެ އިތުރުން ހަންމާދުވަނީ ކޯޓުން ބޭރުން 13 އަހަރުގެ ކުއްޖަކާ ކައިވެނި ކޮށް މިހާރު އެކުއްޖާ ވިހާފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: