ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުއްވަރީއިން މީހަކު ހައްޔަރުކޮށްފި

ހަރުކަށި ފިކުރުގެ މީހުން ހޯދަން މަޑުއްވަރީގައި އޮޮޕަރޭޝަނެއް ފަށައިފި --- ފޮޓޯ: ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަރުކަށި ފިކުރުގެ މީހުން ހޯދަން ރ. މަޑުއްވަރީގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީމި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ސިފައިންނާއި ފުލުހުން ގުޅިގެން މަޑުއްވަރީގައި މިހާރު ކުރިޔަށް ގެންދާ އޮޕަރޭޝަންއަކީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންއެކެވެ. މި އޮޕަރޭޝަންގެ ތެރެއިން އެކަންކަން ހިނގަމުންދާ ކަމަށް ފާހަގަކުރެވޭ ގެތަށް ބަލާފާސްކޮށް މިކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދާނެ ކަމަށް ފުލުހުން ބުނެއެވެ.

އަދި މި އޮޕަރޭޝަންއަކީ އެފަދަ ތަންތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިންގެ ހާލަތު ބަލައި އެފަރާތްތަކުގެ ޙައްގުތަށް ރައްކާތެރިކުރުމަށް ހިންގާ އޮޕަރޭޝަންއެއް ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމްއާއި ހައްދު ފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކުރާ ފަރާތްތަކަށް ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަންގެ ތެރެއިން އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: