ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެމްބަރ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިޘާގައި ގެއްލުން ލިބުނު ފަރާތްތަކާއި، ކުރީގެ ރައީސް އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމަށް ފަހު، ރައީސް މަޢުމޫނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މިހާތަނަށް ސަރުކާރުން އެ ފަރާތްތަކަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ބަލައިގަންނަ ކަމަށާއި، ނަމަވެސް އަދިވެސް ކުދި ކުދި ކަންބޮޑުވުންތައް އެ އާއިލާތަކުގެ ހުރި ކަމަށެވެ.

https://twitter.com/maumoonagayoom/status/1207210825745698816?s=20

ހ.ތިލަފަރުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ބައެއްގެ އިހުމާލެއް ނެތް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުރަތަމަ އަލިފާން ހިފާފައި ވަނީ ތިލަފުށި ގޭގައި ހުރި ގުދަނެއްގައެވެ. އަދި އެއަށްފަހުގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަގުމަތީގައި ހުރި ސައިކަލުތަކާއި، ކުރިމަތީގައި ހުރި ރަދުވާނާ ކިޔާގޭގައި އަލިފާން ހިފިއެވެ. އަދި އޭގެ ފަހުން އިތުރު ގެތަކުގައި އަލިފާން ގަނޑު ވަނީ ފެތުރިފައެވެ.

ފުލުހުން ބެލި ބެލުމުން އެނގުނު ގޮތުގައި “ތިލަފުށި ގޭގެ” ގުދަނުގައި 12 ތަފާތު ވައްތަރެއްގެ އެކިއެކި ކެމިކަލް ރައްކާކުރެވިފައިވެއެވެ. އޭގެ ތެރޭގައި ލޯންޑްރީގައި ބޭނުން ކުރާ ކެމިކަލްސްތަކާއި، އަދި ޕޫލް ޑިސް އިންފެކްޓް ކުރަން ބޭނުން ކުރާ ކެމިކަލްގެ އިތުރުން، ފްލޯކްލީންއަށް ބޭނުން ކުރާ ކެމިކަލްވެސް ހުރިކަން ވަނީ ފާހަގަ ކުރެވިފައެވެ
މި ހާދިސާގައި ހަ ގުދަނަކާއި، ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: