ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޅިވަރު ދާއިރާތަކުގެ ހިންގުން ހަރުދަނާވުމުން ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓި ދެފުށް ފެންނާނެ: ރާފިއު

ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޅިވަރު ދާއިރާތަކުގެ ހިންގުން ހަރުދަނާވުމުގެ ސަބަބުން ދެފުށް ފެންނަ ގޮތަށް ދިޔުމާއި، އިންސާފުވެރިކަމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓޭނެ ކަން ކަށަވަރު ވެގެން ދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރ އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025ގައި މިނިސްޓަރ ރާފިއު ވިދާޅުވީ ރައީސްގެ އިސްނެންގެވުމުގެ ދަށުން ކުޅިވަރު ކުރިއެރުވުމަކީ ގައުމީ ފެންވަރުގައި އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ފަށާފައިވާނެ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ރޭވިފައިވަނީ ހަމައެކަނި ގްރޭޓަރ މާލެ އޭރިއާއަށް ނޫން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ކުޅުންތެރިންނާއި ޓީމުތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމުގެ މައްޗަށް ކަމަށް ރާފިއު ވިދާޅުވިއެވެ.

ރާފިއު ވިދާޅުވީ ކުޅިވަރު ދާއިރާތައް ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، ހަރުދަނާ ހިންގުމެއްގެ ސަބަބުން ކަންކަން ދެފުށް ފެންނަ ގޮތަށް ދިޔުމާއި، އިންސާފުވެރިކަމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓޭނެ ކަން ކަށަވަރު ވެގެން ދާނެ ކަމަށެވެ. ކުޅިވަރު އެސޯސިއޭޝަންތަކަކީ ރަނގަޅަށް ހިންގޭ ތަންތަނަށް ވުމުން ކުޅުންތެރިންނަށް ކުރިއެރުމުގެ ފުރުސަތު ބޮޑުވެގެން ދާނެ ކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މުޅި ރާއްޖޭގެ ކުޅިވަރު މުއައްސަސާތައް ވަރުގަދަކުރުމަށްޓަކައި އިސްލާހީ ބަދަލުތަކާއި ގާބިލްކަން އިތުރުކުރުމުގެ މަސައްކަތްތައް މިހާރުވެސް ސަރުކާރުން ދަނީ ކުރަމުން ކަމަށް މިނިސްޓަރ ފާހަގަކުރެއްވއިެވެ.

ރާފިއު ވިދާޅުވީ ކުޅިވަރާއި ގުޅިގެން ސަރުކާރުން ވެފައިވާ ވައުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. މިނިސްޓަރ ވަނީ އެވައުދުތައް ފުއްދަމުންދާކަންވެސް ހާމަކުރައްވާފައެވެ. ރާއްޖޭގައި ފުރަަތަމަ ފަހަރަށް ގައުމީ ފެންވަރުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ސިއްހީ އިންޝުއަރެންސްއެއް މިހާރު ތައާރަފް ކުރިކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

”ޓީމުތަކުގެ ކުޅުންތެރިންނާ އޮފިޝަލުންނަށް 5000 ރުފިޔާއިން 7000 ރުފިޔާއަށް މިހާރުވަނީ އިތުރުކުރެވިފައި. މިއީ އެފަރާތްތަކުގެ މަސައްކަތާއި ސާބިތުކަން ބަލައިގަނެ ކުޅިވަރުތަކުގައި ކުރިއަށް ދިޔުމަށް ހިއްވަރު ދިނުމަށް ދޭ ސަމާލުކަން ސަރުކާރުން ބަލައިގަންނަކަމުގެ އަލި ގަދަ ހެއްކެއްވެސް މެ. ކުޅިވަރުގެ ވަސީލަތްތައް ގާއިމްކުރުމުގެ މުހިންމު ވައުދުފުޅުތަކުގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 1200 މީހުންގެ ޖާގައިގެ ވަސީލަތްތައް ފުރިހަމަ 16 މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްތައް އެދަނީ ކުރިއަށް“

ކުޅިވަރުގެ ގާނޫނަށް ބަދަލުތައް ގެނައުމަކީ މުހިންމު ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކުޅިވަރުތައް ފުޅާވެ އެކި އަތޮޅުތަކުގައި ތިބި ކުޅުންތެރިންނަށް ކަންކަން ރޭވިފައިވާ ނިޒާމެއްގެ ތެރެއިން ކުރިއަށް ދިއުމުގެ ފުރުސަތުތައް އިތުރުވެގެން ވެސް ދާނެ ކަން މިނިސްޓަރ ރާފިއު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ކުޅިވަރަކީ ވަކި ސަރަހައްދަކަށް ހަނިވެފައިވާ އެއްޗެކަމަށް ވެގެން ނުވާނެ ކަމަށާއި، ކޮންމެ އަތޮޅެއްގައިވެސް ހުނަރުވެރި ޒުވާނުން ތިއްބެވި ކަމަށެވެ.

ރާފިއު ވިދާޅުވީ އެގޮތުން މިނިސްޓްރީގެ ނުވަތަ ސަރުކާރުގެ މަސްއޫލިއްޔަތަކީ ކުޅިވަރު ކުރިއަރުވުން ކަމަށެވެ. ކުޅިވަރުގެ ދިގުރާސްތާ ޕްލޭނަކީ ކުޅިވަރު ގެންދަން ބޭނުންވާ މިސްރާބު ދައްކުވައުދޭ ޕްލޭނެއް ކަމަށް ރާފިއު ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި، އަލަށް ކުޅިވަރަށް ނިކުންނަށް ކުދިންނަށް ދޭ ތަމްރީނާއެި މަތީ ފަންތީގެ ތަމްރީނުތައް ހިމެނިގެންދާނެ ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: