ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި

ރައީސް ސާލިޙްގެ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ މަގާމުގައި ހުންނެވި ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްޝަންގެ ކުށްތަކެއް ސާބިތުވެ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ހަތަރު އަހަރަށް ޖަލަށްލި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަހުމަދު ސައީދު ގޭބަންދަށް ބަދަލުކޮށްފިއެވެ. ސައީދު ގޭބަންދަށް ބަދަލުކުރީ ސިއްހީ ސަބަބުތަކަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައެވެ.

ސައީދު ގޭބަންދުގައި ބަހައްޓާނީ ކިހާ މުއްދަތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

ސައީދުގެ މައްޗަށް ހަތަރު އަހަރުގެ ޖަލު ހުކުމެއް އައީ 2018 ވަނަ އަހަރު ފެނަކަ ކޯޕަރޭޝަނާއި ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވި އެއްބަސްވުމެއްގެ ދަށުން، މަސައްކަތް ނުނިމެނީސް ފައިސާ ދޫކޮށް ނާޖާއިޒު މަންފާ ހޯދައިދިން މައްސަލައިގައެވެ. އޭނާގެ މައްޗަށް ސާބިތުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ހުކުމް ކުރެއްވިއިރު ވިދާޅުވީ، މި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމަށް ވީނަމަވެސް، ގާޒީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން ގާނޫނުގައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމް ކަނޑައެޅީ ކަމަށެވެ.

ކްރިމިނަލް ކޯޓުން އިއްވި މި ހުކުމް ސައީދުގެ ފަރާތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެ ކޯޓުން މިހާރު ވަނީ އެ މައްސަލަ ބަލައިގެންފައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެނަކައަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައިވާއިރު، މިހާރުގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ދަރަނި ވަނީ 4.3 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: