ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޒާރު މަތީ މަގު ފުޅާކޮށް ހުޅުވުމާއެކު މުދާ އަރުވައި ބޭލުން ފަސޭހަވާނެ: ޑރ.މުއްތަލިބު

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވިގެންދިއުމާއެކު، އެ ސަރަހައްދުގެ ކާރުބާރު ކުޑަވެ، އެ ސަރަހައްދަށް އަންނަ އޮޑިފަހަރަށް މުދާ އަރުވައި ބޭލުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ ތަރައްގީނުކޮށް އޮތް ބައި ހެދުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، މާލޭ ލޯކަލް މާރުކޭޓުން ފެށިގެން އެމްޕީއެލް ނޯތު ހާބަރާ ދެމެދުގެ ސަރަހައްދު ތަރައްގީކޮށް ނިންމުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތް ނިމުމުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މާރުކޭޓާއި ނޯތު ހާބަރާ ދެމެދު އޮންނަ މި ސަރަހައްދަކީ މާލޭގައި އެންމެ ބޮޑަށް މުދާ އަރުވައި ބޭލުމުގެ މަސައްކަތް ހިނގާ އަދި ޓްރެފިކް ބޮޑު ސަރަހައްދެވެ. ”މި ސަރަހައްދުގެ ކާރުބާރު ބޮޑުވުމަށް ކުރިމަތިވެފައިވާ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމުގައި އަޅުގަނޑު ދެކެނީ. އެއާއެއްކޮށް މުދާ އަރުވައި ބޭލުމުގައި އިތުރު ފަސޭހަކަމެއް ލިބޭނެ ކަމުގައި ގަބޫލުކުރެވެނީ،“ ޑރ. މުއްތަލިބު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން މަގު ހެދުމުގެ އިތުރުން، އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކޮށް، ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި ބަނދަރަށް ކައިރިކުރާ އޮޑިފަހަރަށް ބޭނުންވާ ފެނާއި ކަރަންޓުގެ ހިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމުތައްވެސް މި ތަރައްގީގެ ތެރޭގައި ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މަގު ފުޅާކޮށް ދެކޮޅަށް ދުއްވާ މަގަކަށް ބަދަލުކުރުމުން، ބާޒާރުމަތީގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވުން ކުޑަވެ، މުޅި ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ދެކެއެވެ. މި މަސައްކަތަކީ ރޯދަމަހުގެ ކުރިން ނިންމުމަށް އަމާޒު ހިފާފައިވާ މަސައްކަތެއް ކަމުން، އެމްޓީސީސީން ވަނީ 24 ގަޑިއިރު މަސައްކަތްކޮށްގެން ކުރު މުއްދަތެއްގެ ތެރޭގައި މި މަޝްރޫއު ނިންމާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: