ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް“ ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ޔުނިސެފް ގުޅިގެން ”ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް“ގެ ނަމުގައި 15 ފެބްރުއަރީ 2026 ގައި ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އަށް ހުށަހެޅުމަށްޓަކައި ތައްޔާރުކުރަމުންދާ ޕްރޮޖެކްޓް ކޮންސެޕްޓާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާގުޅޭ ސަރުކާރުގެ މުއައްސަސާތަކަށް އަމާޒުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މިއީ ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް އަށް ހުށަހަޅާ ޕްރޮޖެކްޓްތަކުގެ މަސައްކަތް އިތުރަށް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމެކެވެ.

މި ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން ޑރ. އަޙްމަދު މުޙައްމަދެވެ. މީގެ އިތުރުން ޔުނިސެފްގެ ރެޕްރެޒެންޓެޓިވް ޑރ. އެޑްވަރޑް އެޑާއި އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަމްޖަދު ޢަބްދުﷲ މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.

އެ ބޭފުޅުންގެ ވާހަކަފުޅުގައި، އުމްރާނީ ވަސީލަތްތަކަކީ އަދި ވަކިން ޚާއްސަކޮށް މަދުރަސާތަކަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ، ވިލުންތެރި ތަންތަނަށް ހެދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޕްރޮޖެކްޓްތައް ފަރުމާކުރުމުގެ މަރުހަލާގައި ކަމާގުޅޭ ފަރާތްތަކެއްގެ ބައިވެރިވުމާއި ޚިޔާލު ހޯދުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގެ ޓެކްނިކަލް ސެޝަންތަކުގައި، ޕްރޮޖެކްޓާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް ނޯޓަށް ބައިވެރިން ވަނީ ޚިޔާލު ދެއްވާފައެވެ. މި ކޮންސެޕްޓުގައި ހިމެނުމަށް މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައިވަނީ އެޑިއުކޭޝަން ދާއިރާގެ މުއައްސަސާތައް ވަރުގަދަކޮށް، ”ކްލައިމެޓް ރެޒިލިއަންޓް“ ނުވަތަ ވިލުންތެރި މަދުރަސާތަކެއް ޤާއިމްކުރުމާއި، މި ސްކޫލްތަކަކީ ކިޔަވާ ކުދިންނަށް އަދި މުޖުތަމަޢުއަށް ފައިދާކުރަނިވި ވަސީލަތަކަށް ހެދުމާއިމެދު އެވެ.

މި މަސައްކަތްތަކަކީ ގައުމީ ކްލައިމެޓް ސިޔާސަތުތަކާއި، ދާއިރާގެ ސިޔާސަތުތަކުގެ އިތުރުން ގްރީން ކްލައިމެޓް ފަންޑު (ޖީ.ސީ.އެފް) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްދާ މަސައްކަތްތަކެއްކަން ކަށަވަރުކުރުމަށްވެސް މަޝްވަރާކުރެވުނެވެ.

މި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން ވަނީ މަޝްރޫއު ހިންގާނެ އިންތިޒާމުތަކާއި، މުއައްސަސާތަކުގެ ދައުރާއި ޒިންމާތަކާއި، މާލީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން ކުރިއަށް ހުރި މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށްފައެވެ.

މަސައްކަތު ބައްދަލުވުން ނިންމާލީ މި ކޮންސެޕްޓް އިތުރަށް ފުރިހަމަކޮށް ޖީ.ސީ.އެފް އަށް ހުށަހެޅުމަށްޓަކައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ވިލަރެސްކުރުމަށް އެއްބަސްވަމުންނެވެ. މި ބައްދަލުވުން ނިންމަވައިދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ޑރ. އަބްދުއްލަތީފް މުހައްމަދެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ބައިވެރިންނަށް ޝުކުރު އަދާކުރައްވައި، މި ޕްރޮޕޯޒަލްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މި ޕްރޮޕޯޒަލް ތައްޔާރުކުރަމުންދަނީ، ޔުނިސެފްގެ އެހީތެރިކަމާއިއެކު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ކްލައިމެޓް ޗޭންޖް ޑިޕާޓްމަންޓުން، މަޝްރޫއު ތަންފީޒު ކުރާނެ މިނިސްޓްރީ ކަމަށްވާ މިނިސްޓްރީ އޮފް އެޑިއުކޭޝަންއާއި އެކުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: