ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަމަޟާންމަހު މާލޭ ވިޔަފާރި ބަނދަރުން މުދާ އަރުވާ ބޭލުމާއި، މުދާ ދޫކުރުމުގެ މަސައްކަތް ކުރުމަށް ރޭވިފައިވާ ގަޑިތައް!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ވިޔަފާރި ބަނދަރަށް އެތެރެކުރާ މުދާ އިތުރުވަމުންދާތީ، އެ މުދާ އަވަހަށް ދޫކުރުމަށާއި ބަނދަރުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ގަޑިތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހަކީވެސް ގިނަ އަދަދެއްގެ ކާބޯތަކެތި ރާއްޖެ އެތެރެކުރާ ދުވަސްވަރަކަށް ވާތީ، ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް ގިނަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މުދާ އަރުވާ ބޭލުމާއި ކްލިއަރ ކުރުމުގެ ގަޑިތައް

އެމްޕީއެލް އިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ބޯޓުފަހަރުން މުދާ އަރުވާ ބޭލުމުގެ މަސައްކަތް ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 21:00 އިން ދަމިވަރު 01:30 އަށެވެ. ހުކުރު ދުވަހު މި މަސައްކަތް ކުރިއަށްދާނީ ހަމައެކަނި ރޭގަނޑު 21:00 އިން 01:30 އަށެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެއާ ދެމެދު ކުރިއަށްގެންދާ ކޮންޓެއިނާ ޝިފްޓިންގްގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ ހަމަ މި ގަޑިތަކުގައެވެ.

މުދާ ކްލިއަރ ކުރުމަށް އެސައިން ކުރުމުގެ މަސައްކަތް ހޮނިހިރުން ބުރާސްފައްޗަށް ހެނދުނު 9:00 އިން މެންދުރު 13:00 އަށް އަދި ރޭގަނޑު 21:00 އިން 22:30 އަށް ކުރިއަށްދާނެއެވެ. ނަމަވެސް، ހުކުރު ދުވަހު މި ހިދުމަތް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އާންމު ހިދުމަތުގެ ދަށުން ކްލިއަރ ކުރާ ސަރަހައްދަށް ގެންދިއުމަށް ދުވާލަކު 150 ޓީ.އީ.ޔޫސް ނޯޓުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

އަވަހަށް ހަލާކުވާ ތަކެއްޗަށް ހާއްސަ އިސްކަމެއް

ރަމަޟާން މަހު އެތެރެކުރާ އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި (ޕެރިޝަބަލް) ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އެމްޕީއެލް އިން ވަނީ 3,000 އަކަފޫޓުގެ ހިޔާކުރި ޝެޑެއް ތައްޔާރުކޮށްފައެވެ. ”މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނެ،“ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އަންގާރަ ދުވަހުގެ މެންދުރާ ހަމައަށް އެކަނިވެސް 480 ޓަނުގެ ޕެރިޝަބަލް މުދާ (13,113 ޕެކޭޖް) ވަނީ ކްލިއަރކޮށްފައެވެ. މިވަގުތު ބަނދަރުގައި އޮތް ޕެރިޝަބަލް މުދާ އުފުލާ ދެ ބޯޓުގެ މަސައްކަތް މިރޭ ދަމިވަރު 00:00 އާ ހަމައަށް ކުރިއަށް ގެންގޮސް މުދާ ހުސްކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: