ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސަރުކާރުން ރައްޔިތުން ކައިރީ ވޯޓަށް އަހަން ލަދުގަންނަން ޖެހޭނެ : ނާޒިލް

މެމްބަރ ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ރައްޔިތުންގެ ޙައްޤުތައް ނިގުޅައިގަނެ، ރަށްރަށަށް ވަޑައިގެން ރައްޔިތުންގެ ކައިރީގައި ވޯޓަށް އަހަން ލަދުގަންނަން ޖެހޭނެ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީން ދިރާސާކޮށް ފޮނުވާފައިވާ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.

ނާޒިލް ވިދާޅުވީ، ސަރުކާރުން ރައްޔިތުންނާ މެދު ކަންކުރާ ގޮތުން ރައްޔިތުން އުޅެމުންދަނީ ވަރަށް ދަތި ޙާލުގައި ކަމަށެވެ. ބޭރު ޤައުމުތަކަށް ކިތަންމެ ގިނަ ސަފީރުންނެއް ކަނޑައެޅި ނަމަވެސް، އަތޮޅުތެރޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރު އިހުމާލުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ޚާއްޞަކޮށް ބޭސްލިބުމާއި، ކައްކާ ގޭސް އަދި މުދާ ލިބުމުގައި ހުރި ދަތިތަކުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”އަދި މިއަދު ރައްޔިތުން އުޅެމުންދަނީ ކޮވިޑުގެ ޙާލަތަށްވުރެ ދަތީގައި ކަމަށް ރައްޔިތުން ބުނާކަމަށް“ ނާޒިލް ވިދާޅުވިއެވެ. މިއީ ސަރުކާރުން އަތޮޅުތެރޭގެ ރައްޔިތުންނާ މެދު އިހުމާލުވެފައިވާ މިންވަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވައި ނާޒިލް ވިދާޅުވީ، ސަރުކާރުގެ ކެނޑިޑޭޓުން ކެމްޕޭނަށް ރަށްރަށަށް ގޮސް ދައްކާ ވާހަކަތަކާއި ރައްޔިތުންގެ އިހުސާސްތަކާ ދިމާނުވާ ކަމަށެވެ. މިސާލެއްގެ ގޮތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާޙު، އެމްޑީޕީގެ ވެރިކަމުގައި އެއްވެސް ރަށެއްގައި މިސްކިތެއް އަޅާފައި ނުވާ ކަމަށް ވިދާޅުވި ވާހަކަ ރައްޔިތުން ގަބޫލުނުކުރާ ކަމަށް ނާޒިލް ވިދާޅުވިއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި މިފަދަ ބޮޑެތި ދޮގު ހަދާ ބަޔަކަށް ރައްޔިތުންނަށް ޚިދުމަތް ކުރެވޭނެތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް 170 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދީފައިވާއިރު، އެ ފައިސާއިން ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ފެންނަން ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ. ކުރީ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫޢުތަކެއް ހުއްޓިފައިވާ ކަމަށާއި، ބަނދަރު ހަދަން ގެންގޮސްފައިވާ ބޮޑުހިލަތައްވެސް އަވީގައި ހުރެ ހަލާކުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިލްގެ ވާހަކަ ނިންމަވާލެއްވީ، މިހާރުގެ ސަރުކާރުގެ ޙާލަތަކީ މިއީ ކަމަށާއި، މިކަންކަމާ މެދު ސަރުކާރުން ލަދުގަންނަން ޖެހޭނެ ކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: