ހެޔޮ ބަހަކީ ސަދަޤާތެއް ކަމަށާ، މުޖުތަމައުއަށް އެކަމުން ކުރާނީ ފައިދާކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގައި ހެޔޮ ބަސް ބުނުމުގެ މުހިއްމު ކަމަށް އަލިއަޅުވާލާފައިވެއެވެ. ޚާއްސަކޮށް، ފާޅުކަން ބޮޑު ގޮތެއްގައި ހެޔޮ ބަސް ބުނުމުގެ މުހިއްމުކަމާއި މެދު ހުތުބާގައި ވާހަކަދައްކާފައިވެއެވެ. ސީދާ ގޮތުގައި ބަސްބުނުމަކީ އަމަލްތައް އިސްލާހުކޮށްދެއްވުމުގެ އިތުރުން ފާފަތައް ފުއްސަވައިދެއްވުމަށް މަގުފަހިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ރަނގަޅު ކަންތަޚާއި ނުބައި ކަންކަން ހަމަހަމަ ނުވާކަމަށާ، އެންމެ ހެޔޮގުތުގައި ނުބައިކަންމުން ދުރުވާން ޖެހެނީ އެ ސަބަބާއި ހުރެ ކަމަށް ހުތުބާގައިވެއެވެ. އެގޮތަށް ޢަމަލްކުރުމަކީ އަދުއްވުން ވެސް ގާތް ރަހުމަތްތެރިން ފަދައިން ވާނެ ކަމެއް ކަމަށް ހުތުބާގައި ބަޔާންކޮށްފައިވެއެވެ.
“ ﷲއަށާ އެކަލާނގެ ރަސޫލާ އަށް ކިޔަމަންވެއްޖެ މީހާ ދަންނާށެވެ. ފަހެ ހަމަ ކަށަވަރުން ބޮޑުވެގެންވާ ނަސީބު ލިބުމަކުން އެމީހާއަށް ނަސީބު ލިބިއްޖެއެވެ. . މުސްލިމް އަހުންނޭވެ. ހެޔޮ ބަހަކީ ސަދަޤާތެއް.“
ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަ މީހުންނާއި މެދު ރަނގަޅަށް އަމަލްކުރުމަށް އިރުޝާދު ދެއްވާފަވާކަން ފާހަގަކޮށް ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމައިގެ ހަދީސްތަކުން އެކަމަށް ބާރުލިބޭކަންކަން ހުތުބާގައި ފާހަގަކޮށްފައުވެއެވެ. އެގޮތުން މުދަލުން މީހުންގެ ހިތްތައް ފުރާ ނުލެވޭނެކަމަށް ރަސޫލާ ހަދީސްކުރައްވާފައިވާކަން ހުތުބާގައި ފާހަގަކުރިއެވެ.
މީހުންނަށް އުފާވެރިކަން ގެނެސްދެވޭނީ ރިވެތި އަހްލާގާއި ހިނިތުން ވުމުންކަން ރަސޫލާގެ ހަދީސްފުޅުން ހާމަވާކަމަށް ހުތުބާގައިވެއެވެ.
”ހެޔޮބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ނޭވާ ފައިދާ ހުރި މޭވާއެއް. އެއީ ހިނިތުންވުން ގެނެސްދޭ ކަމެއް. ހެޔޮބަސް ބުނުމަކީ،ވާހަކަދައްކާ މީހާގެ ޝަހްސިއްޔަތު އަންގާދޭ ކަމެއް. އެއީ އޭނާގެ ފޭރާން. އެއީ މީސްތަކުންގެ ހިތްތައް ހުޅުވާލަދޭ ތަޅުދަނޑި. އެއީ ﷲގެ ހަޒްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރު. ހެޔޮބަހެއް މެނުވީ ﷲގެ ހަޒުރަތަކަށް ނުފޯރާނެ“
އިތުރަށް ހުތުބާގައި ބުނެފައި ވަނީ، ރަނގަޅު ބަސްތައް އުފުލެނީ ﷲގެ ހަޒްރަތަށް ކަމަށާ، އެއީ ސާލިހު އަމަލު އުފުއްލަވަނީ ﷲގެ ހަޒްރަތަށް ކަމަށް ވާތީކަމަށެވެ.
އަދި ހެޔޮބަހަކީ ﷲތައާލާ ހަނދުމަކުރުމާއި، ތަހްލީލާއި، ތަސްބީހަކަމަށް ހުތުބާގައިވެއެވެ. ހެޔޮ ބަހަކީ މޭވާ ފޮނި، ހިޔާ ބޮޑު، މަތިވަރު ރަނގަޅު ގަހެއް ފަދަ އެއްޗެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހެޔޮ ބަސްބުނެވެނީ ރިވެތިގޮތުގައި މުޢާމަލާތު ކުރާ، ސާލިހް އަޅުންނަށް ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

