ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކުންވެސް ހަރުދަނާކަމާއިއެކު ކަމަށް ކަމޭ ހިތައިގެން ވަޒީފާ އަދާކުރުމަށް ސަމާލުކަންދޭންޖެހޭ: އަނާރާ

ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ މާހައުލަކީ ވަރަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅިފައި އޮންނަންޖެހޭ މާހައުލެއްކަމުގައި ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ.

އަނާރާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ސަރުކާރުގެ ފަރާތުން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މިގޮތުން ވަޒީފާއާއި އެއްބަސްވުންތައް ހަރުދަނާ އުސޫލެއްގެ މަތިން ޝަރުތުކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ބާރުއަޅުއްވާކަމަށް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވަނީ ވަޒީފާއާއިބެހޭ ޤާނޫނަށް މިގެނެވޭ އިސްލާޙުތަކުގައި ވަޒީފާގެ އެއްބަސްވުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅާފައިވާކަން ފާހަގަކުރައްވާފައެވެ.

ވަޒީފާގެ މާހައުލަށް ބަލާއިރު ދިވެހިރާއްޖޭގައި ވެސް ވަޒީފާ އަދާކުރާ ދިވެހިންނާއި ބިދޭސީން އުޅޭކަން ފާހަގަކުރައްވާ އަނާރާ ވިދާޅުވީ ވަޒީފާ އަދާކުރާ މާޙަޢުލަކީ ޒިންމާތަކަކާއި އަދި ޙައްޤުތަކެއް އެކުލެވިގެންވާ މާހައުކެއްކަމުގައެވެ. އެހެންކަމުން ވަޒީފާ އަދާކުރާ ކޮންމެ ފަރާތަކުންވެސް ހަރުދަނާކަމާއިއެކު ކަމަށް ކަމޭ ހިތައިގެން ވަޒީފާ އަދާކުރުމަކީ ސަމާލުކަންދޭންޖެހޭ ކަމެއްކަމުގައި އަނާރާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރާއިރު ތެދުވެރިކަމާއި އަމާނާތްތެރިކަމާއިއެކު އެމީހަކާއި ހަވާލުކުރެވޭ އެވަޒީފާ ނުވަތަ ޒިންމާއެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ކަމުގައި އަނާރާ ވިދާޅުވިއެވެ. މިގޮތުން މީހަކު ކުރާކަމެއް އެންމެ ފުރިހަމަ ގޮތުގައި ކުރުމަކީ ﷲ ސުބުޙާނަހޫވަތަޢާލާވެސް ލޯބިވެވޮޑިގަންނަވާ އަމަލެއް ކަމުގައި އަނާރާ ވިދާޅުވިއެވެ.

މިގޮތުން މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ތެދުވެރިކަން އިސްކޮށް އަދި އިޙްލާސްތެރިކަމާއިއެކު މަސްއްކަތްކުރާނަމަ ރާއްޖޭގެ އުފެއްދުންތެރިކަމާއި ރާއްޖޭގެ ހިންގުމުގެ ނިޒާމުވެސް ވަރަށް ބޮޑަށް ހަރުދަނާވާނެކަމަށް އަނާރާ ވިދާޅުވިއެވެ. މުޖުތަމަޢުގެ އެންމެން ގުޅި އެކުވެރިކަމާއިއެކު މަސައްކަތްކުރުމުން އިތުރު ކަންކަން މަގުފަހިވެގެން ދާނެކަމަށް އަނާރާ ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ޤައުމަށް ނުހަނު ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް އަނާރާ ވިދާޅުވިއެވެ.

އަނާރާގެ ވާހަކަ ނިންމަވާލައްވާފައިވަނީ ސަރުކާރުގެ ފަރާތުން ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް އެކަމަނާގެ ތާއީދުއޮތްކަން ހާމަކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: