ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގައި ފުރަތަމަ ފަހަރަށް ތަރާވީސްކުރަން ހާފިޒުން ހަމަޖައްސައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރަމަޟާން މަހު ފުރަތަމަ ފަހަރަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކުގެ މިސްކިތްތަކުގައި، ރަސްމީކޮށް ތަރާވީސް ނަމާދު ކުރުމަށް ނިންމައި، އެކަމަށް ބޭނުންވާ ހާފިޒުން ހަމަޖައްސައިފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މިއީ ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުންނަށް ދީނީ ކަންކަމަށް އިސްކަންދީ، އަޅުކަމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު ކަމެކެވެ.

މި ނިންމުމާއެކު، ޖަލުތަކުގެ މިސްކިތްތަކުގައި ރަސްމީ އުސޫލުން ތަރާވީސް ނަމާދު ޖަމާއަތުގައި ކުރެވިގެންދާނެއެވެ.

ތަރާވީސް ނަމާދުގެ އިތުރުން، ޤައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް އަމާޒުކޮށްގެން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމޖެހިފައެވެ.

އެގޮތުން، މި ސެޝަންތަކުގައި ދީނީ މައުލޫމާތު ފޯރުކޮށްދިނުމާއި، ނަފްސާނީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރެވޭނެ ކަމަށް ކަރެކްޝަނުން މައުލޫމާތުދެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދަނީ ޤައިދީން އިސްލާޙުކޮށް، މުޖުތަމަޢަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަށްޓަކައި ތަފާތު އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

މިގޮތުން ރަމަޟާން މަހާ ދިމާކޮށް މި ފެށުނު ދީނީ ހަރަކާތްތަކަކީވެސް އެ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި އެ މުއައްސަސާއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: