ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިވުމުން ބޭސްފަރުވާ ހޯދަން ނަން ނޯޓުކޮށްފަ ގުޅާނެ ދުވަހެއްގެ އިންތިޒާރުގަ! ޙައްޤު މިންވަރު ތޯ؟

ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނާ ދުނިޔެއަށް ފޮނުވާފައިވަނީ ވަރަށް ގިނަ ކަންކަމުގައެވެ. އޭނާ ދުނިޔެއަށް ފޮނުވާފައިވަނީ އިމްތިހާނަަކަށެވެ. އުފަލާއި ހިތާމަތަކާއި. ވޭނާއި ކެކުޅުމުގެ ތެރެއިން އޭނާ ދުނިޔެ އާރާސްތުކުރަމުން ދެއެވެ. އޭނާ ކުޑަ ކުއްޖެއްގެ ގޮތުގައި އުޅެ ބޮޑުވެއެވެ. އޭނާ މީހަކާ ކައިވެނިކޮށް ދަރިން ހޯދައެވެ. އޭނާގެ ނަސްލު އޭނާ އާލާކުރެއެވެ. އޭނާ އޭނާގެ ދުނިޔަވީ ޙަޔާތް ވޭތުކުރަމުން ދާއިރު ގިނަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. އޭގޭން އެއް ކަމަކީ ބަލިވުމެވެ. ބަލީގެ އެކި ވައްތަރާއި އެކި ބާވްތަތަކާއި، އެކި ލެވެލް ހުރެއެވެ.

ބަލިވުމުން އެ ބައްޔަށް ފަރުވާ ކުރަން ޖެހެއެވެ. ފަރުވާ ކުޑަކުރުމެއް ނެތިއެވެ. އެނޫންނަމަ އޭގެ ގެއްލުން އިންތިހާއަށް އޭނާއާއި ބައްދަލުކުރެއެވެ. ބަލީގެ ފަރުވާއަކީ ހަމަ އެކަނި ބޭހެއް ނޫނެވެ. އަދި ކިއެއްތަ ބަލީގެ ފަރުވާއަކީ ހަމައެކަނި އޮޕަރޭޝަނެއް ކުރުމެއްވެސް ނޫނެވެ. އެކި ބައްޔަށް އޮންނަނީ އެކި ފަރުވާއެވެ. ނަމަވެސް ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝަދު ކޮންމެ ބައްޔެއްގައިވެސް ހޯދުން މުހިންމެވެ.

ބަލީގެ ވާހަކަ ދައްކާއިރު އަޅުގަނޑުމެންގެ ކާބަފައިން އޭރު އުޅުނީ ދިވެހި ބޭސްވެރިކަމެއްގެ ތެރޭގައެވެ. އޭރު ބަލިތަކުގެ މާކަ ބޮޑު މައުލޫމާތުތަކެއް ކާބަފައިނންނަކަށް ނުލިބެއެވެ. އެއީ ޒަމާނާއި ވަސީލަތުގެ ގޮތުން ވަރަށް ބޮޑަށް ފަގީރު ޒަމާނެކެވެ.

ބައްޔާއި މެދު ފަރުވާ ކުޑަކުރުމެއް ލަސްކުރުމެއް ނެތެވެ. އޮތީ ފަރުވާތެރިކަމާއެކު އަވަހަށް ފަރުވާކުރުމެެވެ. ލަސްވެއްޖެނަމަ ފުރާނަވެސް ގެއްލިދާނެއެވެ.

އަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު މިއޮތީ ކިހިނެއް ހެއްޔެވެ؟ ޒަމާނާއި ވަސީލަތުގެ ގޮތުން ޤައުމު މިއޮތީ ކުރިއަރާފައެވެ. ކާބަފައިންނަށް ވިސްނާނުލެވޭހާ ވަރަށް ބުރިބުރިއަށް އިމާރާތްތައް މިއޮތީ އަރާފައެެވެ. އެމީހުން ދުވަހަކު އަޑުނާހާ ބަލިތައް އަދު މައުލޫމާތު ކަރުދާސްތަކުގައި ލިޔެ ހޭލުންތެރިކަން އިތުރުކުރުމަށް ސިއްހީ މާހިރުން ދަނީ މައްސަކަތް ކުރަމުންނެވެ. އެ ބަހާ ލީފު ލެޓްގައި ވެސް އޮންނަނީ ބަލިވުމުން ލަސްނުކޮށް އަވަހަށް ޑަކްޓަރަށް ދައްކާށެ ފަރުވާ ހޯދުމަށެވެ.

އެހެންކަމުން ޑަކްޓަރަށް އަވަހަށް ދައްކާ ހޯދަން ޖެހޭ ފަރުވާ އަވަހަށް ހޯދޭނެ ގޮތަކަށް ސިއްޙީ ނިޒާމުގެ ސިޔާސަތު ބަދަލުވާން އެބަޖެހެއެވެ. ދިވެހިންނަށް ޙައްޤު މިންވަރަކީ މިހާރު ހިންގާ ސިޔާސަތެއް ނޫނެވެ.

ދިވެހިރާއްޖޭގެ ސިއްޙީ ނިޒާމަށް ބަލާއިރު، ރަށާއި އަތޮޅުން ނުލިބޭ ފަރުވާ ހޯދަން ފުރައިގެން އަންނަ ޖެހެނީ މާލެއެވެ. ޚާއްސަ ޑަކްޓަރަކަށް ދައްކަން ނުވަތަ ޚާއްސަ އޮޕަރޭޝަނެއް ކުރަން އަންނަން ޖެެހެނީ މާލެއެވެ. ބަލިވުމުން ބޭސްކޮށް ޑަކްޓަރަށް ދައްކަން ބޭނުންވާއިރު، ހިލޭ ޑަކްޓަރަށް ދެއްކެނީ އިންދިރާ ގާދީ މެމޯރިއަލް ހޮސްޕިޓަލުންނެވެ. އިންޑިއާ ނަމެއް ކިޔަސް އެއީ ދިވެހިންގެ ހަސްފަތާލެވެ. ބަލިވުމުން އައިސް ޓަކިދޭނީ އެ ހަސްފަތާލުގެ ދޮރުތަކުގައެވެ.

ބަލިމީހާ ޚާއްސަ ޑަކްޓަރަކަށް ދައްކާލުމަށް މި ޖެހެނީ ނަންނޯޓް ކުރާށެވެ. “ކިއު” ގައި ޖައްސާށެވެ. “ވެއިޓް ލިސްޓް” ކުރާށެވެ. އެޕޮއިންޓް ލިބޭ ތަރުތީބަކުން ބަލިމީހާއަށް އެޕޮއިންޓްމެންޓް ދޫކުރަނީ ހޮސްޕިަޓަލުންނެވެ. ނަމަވެސް މިއީ އުސޫލެއްތޯ ސުވާލުކޮށްލަން އެބަ ޖެހެއެވެ. ބަލި މީހާ ބަލިކަން މަތީގައި ބެސްފަރުވާ ހޯދުމަށް އެކޮޅުން ގުޅާލާނެ އިރެއްގެ އިންތިޒާރުގައި އޮތުން މިއީ ހަމަ މޮޅު ގޮތެއް ތޯއެވެ؟ އެހެން އިންތިޒާރުގައި އޮވެ ބަލި މީހާ މަރުވާތާ ހަމަސް ފަހުން އޮޕަރޭޝަނަށް އެޕޮއިންޓްމެންޓް ލިބިގެން މެސެޖްކޮށްފައިވާކަން މީގެ ކުރިން ވަނީ އެނގިފައެވެ.

އޮޕަރޭޝަން ކުރަން ޑޮކްޓަރަށް ދައްކަން ކިއުގައި ޖެހެން ބޭނުން ނުވާ މީހުން ، އަގު ދައްކާފަ އެހެން ހޮސްޕިޓަލުތަކަށް ދާންވީއެވެ. އެހެނަސް އެންމެންނަކީ އެހާ ފުދުންތެރި ބައެއް ނޫނެވެ. ލިބޭ މިންވަރުން އާއިލާގެ ކަންކަން ބަލާ ހަމަޖައްސާ ނުލެވި އޮއްވާ މުސާރަކޮޅު ހުސްވާއިރު، އެތަން ތަނަށް ދާނީ ވަކި ކިހިނެއް ހެއްޔެވެ؟

އުފެދޭ ސުވާލަކީ ބަލި މީހާ ކިއުގައި ޖެހިގެން ބައްޔަށް ފަރުވާ ހޯދަން ޖެހޭ ގޮތަށް ސިސްޓަމް އަތުރާލާފައި އޮންނަނީ ކީއްވެ ހެއްޔެވެ؟ ޑަކްޓަރުން މަދީ ތޯއެވެ؟ ނޫނީ ކޮޓަރި މަދީތޯއެވެ؟ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގެ ބޭނުމަކީ ކޮބާތޯއެވެ؟ ނޫނީ ޑޮކްޓަރުން ކްލިނިކްތަކަށް ވަގުތު ދޭން ވެގެން ހޮސްޕިޓަލަށް ދޫކޮށްފަ އިންނަ ވަގުތު ކުޑައީތޯއެވެ؟ ނުވަތަ މިކަންކަން ރާވާ އިންތިޒާމު ކުރާނެ ވަރުގެ އަތެއް ނެތީ ތޯއެވެ؟ ނޫނީ ހުރިހާ ކަމެއްވެސް ވަރިހަމަ އީ ތޯއެވެ؟ ނޫންނަމަ މިއީ ހަމަ ޙައްޤު މިންވަރުތޯއެވެ؟

ބަލިވުމުން ބަލީގެ މައްޗަށް އަވަހަށް ފަރުވާ ކުރުމަށް ދީންވެސް ބާރުއަޅައެވެ. ޑަކްޓަރުންވެސް ބާރު އަޅުއްވައެވެ. ހެލްތު ވޯކަރުންނާއި ސިއްހީ މާހިރުންވެސް ބާރު އަޅުއްވައެވެ. ވީއިރު، ފަރުވާ ކުރަން، ނަން ނޯޓު ކޮށްފަ ގުޅާނެ ދުވަހެއްގެ އިންތިޒާރުގައި އޮންނަން ޖެހޭ ސިޔާސަތަށް ބަދަލު ގެނެސްދެއްވާށެވެ. ދިވެހިންނަށް ޙައްގު މިންވަރަކީ ގުޅާނެ ދުވަހެއްގެ އިންތިޒާރުގައި ތިބުމެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: