ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ އާއި ހުޅުމާލޭގެ ހަތަރު މިސްކިތެއް އޭސީކޮށް ނިންމައި ބޭނުންކުރަން ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަޙައްދުގެ ބޮޑެތި މިސްކިތްތައް އޭސީ ކުރުމަށް ސަރުކާރުން ފެށްޓެވި މަޝްރޫޢުގެ ދަށުން، މާލެ އާއި ހުޅުމާލޭގެ ހަތަރު މިސްކިތެއް އޭސީކޮށް ނިންމައި ރޭއިން ފެށިގެން އާންމުންނަށް ބޭނުންކުރަން ހުޅުވާލައިފިއެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން މާލޭގެ 4 މިސްކިތެއް އޭސީ ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.

މިސްކިތުގެ މައި ހޯލުގައި 800 މީހުންނަށްވުރެ ގިނަ މީހުންނަށް ނަމާދުކުރެވޭ މިސްކިތްތަކުގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި އޭސީ ކުރުމަށް ސަރުކާރުން ފެށި މަޝްރޫޢުގެ ދަށުން މާލޭގައި ހުރި 4 މިސްކިތެއްގެ މައި ހޯލާއި، އަންހެނުން ނަމާދުކުރާ ބައި، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން އިރާދަކުރެއްވިއްޔާ އޭސީ ކުރެވޭނެ

ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ އެއްގޮތަށް، ރޭ އޭސީކޮށް ނިންމާ ބޭނުންކުރަން ފަށާފައިވާ މިސްކިތްތަކަކީ މަސްޖިދުލް ފުރުޤާން، މަސްޖިދުލް ޖަލާލުއްދީން، މަސްޖިދުލް ބައްޔިނާ (ވިޔަފާރިވެރިންގެ މިސްކިތް) އަދި ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢުމަރު ބިން ޚައްޠާބު އެވެ.

ސަރުކާރުން ފެށި މި މަޝްރޫޢުގެ ދަށުން މި މިސްކިތްތަކުގެ މައި ހޯލުގެ އިތުރުން އަންހެނުން ނަމާދުކުރުމަށް ޚާއްޞަ ކުރެވިފައިވާ ބައިތައްވެސް ވަނީ އޭސީ ކުރެވިފައެވެ. މި މިސްކިތްތަކަކީ އެވްރެޖްކޮށް މިސްކިތުގެ މައި ހޯލުގައި އެއްފަހަރާ 800 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭ ވަރުގެ ބޮޑެތި މިސްކިތްތަކެކެވެ.

ރަމަޟާން މަހުގެ އަޅުކަންތައްތަކަށް މިސްކިތްތަކަށް ޖަމާވާ އާންމު ރައްޔިތުންނަށް ފިނި އަދި އަރާމު މާޙައުލެއްގައި ނަމާދުކޮށް، ދީނީ ކަންކަން ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތަކުގެ ޙާލަތު ރަނގަޅުކޮށް، މިސްކިތްތައް މަރާމާތު ކުރުމުގެ ފުޅާ މަޝްރޫޢެއްވެސް އިސްލާމިކް މިނިސްޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: