ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން މަސައްކަތްކޮށް، މަރުގެ އިންޒާރު ދިން މައްސަލައެއް ޕޮލިހަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހައިކޯޓުގެ އިސްފަނޑިޔާރު ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފިއެވެ.

މާލެ އަތޮޅު މާފުށިގައި ޗުއްޓީގައި ހުންނަވަނިކޮށް، ޝުޖާއު އުސްމާނަށް މަރުގެ އިންޒާރު ދީފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށް ހައިކޯޓުން މައުލޫމާތުދެއްވައެވެ. އަދި އެ މައްސަލަ މިހާރުވަނީ ފުލުހުންނަށް ހުށަހަޅާފައިކަމަށްވެސް މައުލޫމާތު ދެއްވިއެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިސްފަނޑިޔާރު މިވަގުތު ހުންނެވީ ޗުއްޓިގައި ކަމަށާއި، މިއަދު ހަވީރުގެ ވަގުތެއްގައި މާފުށި މެޖިސްޓްރޭޓާއެކު ކެފޭއެއްގަ އިންނަވަނިކޮށް މީހަކު އައިސް ހަމަލާދޭން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން ގޮޑިއަކުން ޖަހަން އުޅުނުކަމަށާއި، އަދި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ ސީރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނޭކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހައިކޯޓުން ސިޓީއެއް ފޮނުވާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: