ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުގެ އަޑު މަޑުމަޑުން ކެނޑި، ޚަރަކާތްތައް “ވަނދު”ވެ “ތޮޅިއަށް”

ޝެއާރކޮށްލާ ކަހަލަދޯ؟

ޒިންމާދާރު އިދިކޮޅު ސިޔާސީ ޚަރަކާތް ކުރިޔަށް ގެންދާނެ ކަމަށާއި، އެކަމުގެ ނަމޫނާ ދައްކާނެކަމަށް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ޕީޕީއެމް ޕީއެންސީން އިއުލާނުކުރެއްވިއެވެ. އޭގެ ފަހުން ރިޔާސީ އިންތިޚާބުގެ ނަތީޖަ ބަލައި ނުގަންނަ ކަމަށްބުނެ ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ކުރިމަތީގައި އިހުތިޖާޖު ކުރަން ފެށިއެވެ. ސިލްސިލާ ގޮތެއްގައި ކުރިޔަށް ދިޔަ އެ އިހުތިޖާޖުތަކަށް މާކަ ބޮޑު އަސަރެއް ނުކޮށް، ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާޠިލުކުރާނެ ވަރުގެ ހެއްކެއް ހުށަހަޅާފައި ނުވާކަމަށް ހުކުމްކޮށްފައެވެ.

އޭގެ ފަހުންވެސް ފެނިގެން ދިޔައީ މަދު މަދުން ޕީޕީއެމް އޮފީސް ދޮރުމަތީގައި މުޒާހަރާ ނުވަތަ ޖަލްސާ ބާއްވަމުން ދިޔަ މަންޒަރެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކޮށް އެ މަނިކުފާނުގެ މައްޗަށް ދައުވާ ކުރުމުން، އަނެއްކާވެސް އިދިކޮޅު ފަރާތްކުން އެކި އެިހުތިޖާޖުތައް ކުރިޔަށް ގެންދިޔައެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި އިހުތިޖާޖު ކުރަމުން ދިޔައެވެ. އަދި ހަފްތާ ބަންދުގައި ކާނިވާ ސަރަޙައްދުގައި ޖަލްސާވެސް ބޭއްވިއެވެ.

ޕީޕީއެމް އިން 2018 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން

އެއް ދުވަހުން އަނެއް ދުވަހުން އެއް ޖަލްސާއިން އަނެއް ޖަލްސާއަށް ކުޑަކޮށް ދިޔައީ ވައި ހިފަމުންނެެވެ. ޖަލްސާއަށް ދާ މީހުން ދިޔައީ އިތުރުވަމުންނެވެ. އެ ޖަލްސާތައް ކަވަރ ކުރުމަށް އެތަނަށް ދިޔަ ނޫސްވެރިންވަނީ އެކަން ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ޔާމީން އެންމެ ފަހުން ބައިވެރިވެ ވަޑައިގެންނެވި ބޮޑު ޖަލްސާއަކަށް ވާނީ “ހިބަރު ވަދު” ގެ ނަމުގައި ކާނިވާގައި ބޭއްވި ޖަލްސާއެވެ. އެ ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވުމުން، އިދިކޮޅު ފަރާތްތައް ވަރުގަދަ ވަމުން ދާކަމަށް ގިނަ ބަޔަކު ޤަބޫލުކުރިއެވެ.

މަނީ ލޯންޑަރިންގެ ހުކުމުގެ ކުރިން ނޮވެމްބަރު 27 ވަނަ ދުވަހުގެ ރޭގައިވެސް ރައީސް ޔާމީން ވަނީ ޕީޕީއެމް ޕީއެމްސީގހެ ިއިހުތިޖާޖުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި ދެރަގޮތެއް ދިމާވިޔަސް ހިއްވަރުކޮށް ، ޕާޓީގެ ޚަރަކާތް ހުއްޓުމަކަށް ނުގެނެސް ފޯރިއާއެކު ކުރިޔަށް ގެންދިޔުމަށް އިލްތިމާސް ކުރެއްވިއެވެ. 

28ނޮވެމްބަރު 2019 ވަނަ ދުވަހު އެމަނިކުފާނު 5 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ޖަލަށް ގެންދިޔައެވެ. ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕުން ދެނަކާ ދެނެއް ނެތެވެ. އެ މަނިކުފާނު އެދިވަޑައިގެންނެވި ގޮތަށް މުޒާހަރާއަށް ނިކުމެ މަގުތަކުގައި ހިނގާ ދުވެ އަޑު ގަދަކޮށް ހަދަން ފެށިއެވެ. މަދު މީސްކޮޅަކާއެކު ނަމަވެސް މުޒާހަރާއަށް މަގުމައްޗަށް ނިކުތެވެ. ޕާޓީ އޮފީސް ދޮރުމަތީގައި އިހުތިޖާޖުވެސް ކުރަން ފެށިއެވެ.

ހިނބަރު ވަދު ޖަލްސާ

ނަމަވެސް މަޑުމަޑުން މަޑުމަޑުން އެވެރިން ހުއްޓެން ފަށައިފިއެވެ. ލީޑުކުރަން ތިބި މީހުން ބޭނުންވަނީ ޕާޓީގެ އޮފީހުގެ މީޓިން ރޫމުގައި އޭސީ ތެރޭގައި ތިބެގެން ސިޔާސީ ވާހަކަ ދައްކާށެވެ. ސަތޭކަ މީހުންނަށް އެތަނަށް ނުވަދެވެއެވެ. ދެން ޓީވީންނާއި ފޭސްބުކް މެދުވެރިކޮށް އެ ސަޅި ބައިސާ ދުރަށް ދައްކާށެވެ. އާންމު މެންބަރުން ތިބީ އެމީހުންގެ ރައީސް ޖަލުން މިނިވަން ކުރުމަށް މަގުމަތީގައި ދުވަންވެސް ތައްޔާރަށެވެ.

ރެއަކަށް ފަހު ރެއެއް ފަޑުވަމުން މަޑުވަމުން، ގޮސް އެމީހުންގެ އަޑު ކެޑެން ފަށައިފިއެވެ. ކިކް ގެއްލިއްޖެއެވެ. ފޯރިއެއް ނެތެވެ. މަސް ދުވަސް ވާންދެން ވެސް ކެއްކޮށްނުލެވުނެވެ. މުޒާހަރާ ކުރުމަކީ ވޭން ހުރިކަމެއް ކަމަށް ނިންމައިފިއެެވެ. ހަތް އަހަރުދުވަސް ވާންދެން ފިނިކޮޓަރީގައި ހިހޫތަނުގައި ތިބެގެން ބޮޑާވެފަ ތިބިގޮތަށް އެ ބޮޑާ ކަންމަތިން ވީއްލެން އެމީހުން ބޭނުމެއް ނުވެއެވެ. ހިތްވަރު ހުރީ ދުލުގައެވެ. އެ ތަޅުވާނެ ގޮތަކަށް ތަޅުވައެވެ.

ރައީސް ޔާމީން ޖަލުގައި އޮންނަވާތާ މަސްދުވަސް ވާން ކައިރި ވަނީއެވެ. އެމަނިކުފާނު ކުރިފުޅުމަތީގައި ޖާނުން ފިދާވާންވެސް އެމީހުން ތައްޔާރެވެ. ނަމަވެސް އެމަނިކުފާނު ގެއްލުމުން މި ބޭފުޅުންވެސް މަންޒަރުން ގެއްލެން ފަށައިފިއެވެ. އިދިކޮޅު ޒިންމާދާރު ޕާޓީއަކަށް ވާނަމޭ ބުނި މީހުން އެ ހަނދާންވެސް ނެތިއްޖެއެވެ. ނަމަވެސް މިއަދު އެމަނިކުފާނު އެ އޮންނެވީ ޖަލުގައެވެ. އެމަނިކުފާނަށްޓަކައި މަސައްކަތް ކޮށްދޭން ތިބި އިސް ލީޑަރުން ގަޔަކު ފެންވަރެއް، ލީޑަރޝިޕެއް ކޮލެޓީއެއް ނެތެވެ.

ހިބަރު ބާނަނަް ވަދު ދޫކޮށްފަ ހިބަރު ނުގަންނަނީސް ނަނު ދޫކޮށްލައިފިއެވެ. ރައީސް ޔާމީން ފެއްޓެވި ދަތުރު ތޮޅިއަށް ދުއްވާލައިފިއެވެ. އާންމު މެންބަރުން ތިބީ މާޔޫސްކަންމަތީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: