ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައިދޭ މަސްދަޅު ކޭސް، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ލިބޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ރަމަޟާން މަހާ ދިމާކޮށް ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް، މުލަރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ލިބޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1447 ވަނަ އަހަރުގެ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ދެއްވާ ރޯދަ ހަދިޔާގެ މަސްދަޅު ކޭސް، މާލޭ ސަރަހައްދުގައި އެކި ސަބަބުތަކާ ހުރެ ނުލިބިވާ ފަރާތްތަކަށް ދޫކުރުން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މުލަ ރޯދަ ދުވަހާއި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ރޭގަނޑު 9:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ އެމްސީއެލްޕީގެ ޕަބްލިކްވަރކްސް ފެންޑާ (މާފަންނު ޓްރެކްދަނޑު ކައިރި) އިންނާއި، ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގައި ހުންނަ މިފްކޯގެ ފިހާރަތަކުންނެވެ. މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މި އަހަރު ސަރުކާރުން މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118,773 ގޭބީސީއަކަށެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގެ 61,755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56,918 ގޭބީސީއެވެ. އަތޮޅުތެރޭގެ ރަށްރަށުގައި ރޯދަ ހަދިޔާ ދޫކުރަމުންދަނީ އެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށެވެ.

ސަރުކާރުން މި އަހަރު ރޯދަ ހަދިޔާ ބެހުމަށް އެކުލަވައިލި ލިސްޓުގައިވާ ގޮތުން، ރަށްރަށާއި ސިޓީތަކުގެ ގޭބިސީގެ ޖުމުލަ އަދަދަކީ 56,918 އެވެ. އަދި ޑޮމެސްޓިކް މީޓަރުގެ އަދަދަކީ 61,755 އެވެ. މި ހަދިޔާއަކީ ރަމަޟާން މަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ސަރުކާރުން ފޯރުކޮށްދޭ އެހީއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: