ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލޮނުމިދިލިގެއިން ރޭ ހައްުޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާ، ދެ މީހުންގެ ބަންދަށް ދިހަ ދުވަސް!

ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގް ރެއިޑް އޮޕަރޭޝަންގަައި މާފަންނު ލޮނުމިދިލިގެއިން ރޭ ހައްުޔަރުކުރި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުޑަ ދެ ކުދިންނާ، ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށް ދެންަ ތިބި މީހުުން ދޫކޮށްލައިފިއެވެ.

މާފަންނު ލޮނުމިދިލިގެއިން ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 4 ކުދިން ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި، އަންހެނެއްގެ އިތުރުން ބިދޭސީ ފިރިހެނެކެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ދެމަފިރިން އަތުން މަސްތުވާތަކެތި ފެނިފައިނުވާތީވެ، އެ ދެމަފިރިން ވަނީ ކޯޓަށް ނުގެންގޮސް ދޫކޮށްލާފައެވެ.

ހައްޔަރުކުރި އިތުރު މީހުންގެ ބައްދާއި މެދު ގެތޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން، 18 އަހަރުން ދަށުގެ ދެ ކުއްޖަކަށާއި، ބިދޭސީ މީހާގެ ބަންދަށް ކޯޓުން ވަނީ ދިހަ ދުވަސް ޖަހައިދީފައެވެ. އަދި 18 އަހަރު ނުވާ އެއް ކުއްޖަކަށް ޝަރުތުކޮށްފަ ފަސްދުވަސް ގޭބަންދަށް ޖަހާފައިވާއިރު، 18 އަހރު ނުވާ އަންހެން ކުއްޖާއަށް ވަނީ ޝަރުތުތަކަކާއެކު 10 ދުވަސް ގޭ ބަންދަށް ޖަހާފައެވެ.

ކެފޭ ހިންގާ އުސޫލުން މަސްތުވާތަކެތީގެ “ޚިދުމަތް” ދޭ ގެތައް ބަލައި ފާސްކުރުމަށް ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގައި ލޮނުމިދިލިގެ އިން ހައްޔަރުކުރީ އުމުރުން 15 އަހަރާއި 16 އަހަރާ ދެމެދުގެ ހަތަރު ފިރިހެން ކުއްޖަކާއި 18 އަހަރުން މަތީގެ ދެ ފިރިހެނަކާއި އަންހެނެކެވެ. އެ ގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓު ވެސް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ލޮނުމިދިލިގެ ފާސްކުރުމަށް ހިންގި އޮޕަރޭޝަންގައި 38،715ރ. އާއި 142 ޑޮލަރު ފެނުނު ކަމަށެވެ. މީގެ އިތުރުން ބައެއް އެހެން ގައުމުތަކުގެ ފައިސާ ވެސް މަދު އަދަދަކަށް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ލޮނުމިދިލިގެ ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން އެގެ ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. އެ ގެ ފާހަގަކުރެވުނީ ގިނަ ދުވަސްވެފައިވާ ގެއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ބޭރު ދޮރުހުރީ ފަހުގެ ސެކިއުރިޓީ ސިސްޓަމްއެކެވެ. ގެއަށް ވަދެވޭނީ ފިންގާ ސްކޭންކޮށްގެން ނުވަތަ އެ މީހުން ބުނާ ހާއްސަ ކޯޑެއް ޖަހައިގެންކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: