ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ.އިޔާޒު، އުސާމާ ބިން ލާދިންއަށް ތާޢީދުކުރާކަމުގެ ތުޚުމަތު: ތުޚުމަތުތަކަށް އިންކާރުނުކުރައްވާ ރައްދުގެ ޓްވީޓުތަކެއް!

ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ.އިޔާޒު އަކީ އުސާމާ ބިން ލާދިންއަށް ތާޢީދުކުރައްވާ ޢިލަމުވެރިއެއްކަމަށް “މަކްތަބާ ސަލަފިއްޔާ” ގެ ފަރާތުން ތުޚުމަތު ކުރެއްވުމުން ޑރ.އިޔާޒު އެކަމަށް އިންކާރުނުކުރައްވާ، އެއަށް ރައްދު ދެއްވައިފިއެވެ.

“މަކްތަބާ ސަލަފިއްޔާ” ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަރުކަށި ފިކުރު ފަތުރާކަމަށް ބުނެ ސަސްޕެންޑުކޮށްފައިވާ ދީނީ ޢިލްމުވެރިޔާ، ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން ވަނީ އޭނާ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ސަސްޕެންޑުކޮށްފައިވާތީވެ އެކަމަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އެގޮތުން، ހަރުކަށި ފިކުރަކީ އޭނާ ދަންނަ ފިކުރެއް ނޫން ކަމަށާއި، އޭނާ ފެތުރި ހަރުކަށި ފިކުރެއް ދެއްކުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޕްރެސް ކޮންފަރެންސްގައި މުހައްމަދު ހަސަން ވަނީ ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ދެއްވާފައިވާ އިސްބޭފުޅުން ޓެރަރިސްޓު ޖަމާއަތްތަކަށާއި، ހަނގުރާމައަށް މީހުން ފޮނުވުމަށް ބާރު ލިބޭގޮތަށް ވާހަކަ ދައްކަވާފައިވާކަމަށް ވިދާޅުވެ އެބޭފުޅުން ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަތަކާއި ތަފާތު ވެބްސައިޓު ތަކުގައި ލިޔުއްވާފައިވާ ލިޔުންތައް ވެސް އާންމުކޮށްފައެވެ.

އެގޮތުން ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު 2011 ވަނަ އަހަރު މެއި މަހުގެ 11ވަނަ ދުވަހުގައި ކުރައްވާފައިވާ ޓްވީޓެއްގައި އުސާމާ ބިން ލާދިންއަށް ތައުރީފުކޮށް ތާޢީދުކޮށްފައިވާކަމަށް ޝެއިޚް މުޙައްމަދު ވިދާޅުވިއެވެ. އެގޮތުން ” އުސާމާ ބިން ލާދިން އަކީ ދުނިޔޭގެ މުއްސަނދިކަމާއި އަރާމު ދޫކޮށް ﷲ ގެ މަގުގައި ޖިހާދުކޮށްފައިވާ ވަރުގަދަ މާހިދެކެވެ. މާތް ﷲ އޭނާގެ އަމަލުތަކަށް ހެޔޮ ޖަޒާ ދެއްވާށިއެ. އަދި އޭނާގެ ކުށް ފާފަތައް ފުއްސަވައި އޭނާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެ” ޓްވީޓުކޮށްފައިވާއިރު ، އުސާމާ ބިން ލާދިންއަކީ ޓެރަރިސްޓެއްކަމަށް އިލްމުވެރިން އިއްތިފާޤުވާކަމަށްވެސް ވިދާޅުވިއެވެ.

https://twitter.com/dr_iyaz/status/1208364939905093634

ޝެއިޚް މުޙައްމަދުގެ ތުޚުމަތުތަކަށް ޑރ.އަިޔާޒު ވަނީ ޓްވިޓަރގައި ރައްދު ދެއްވާފައެވެ. ނަމަވެސް އުސާމާ ބިން ލާދިންއާ ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ޑރ.އިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، “މަކްތަބާ ސަލަފިއްޔާ” އަކީ މީސްތަކުން ކެޓަގަރައިޒްކޮށް ތިމާމެންގެ ފިކުރާއި ދިމާނުވާ ބަޔަކާއި ހަތަރުކަޅި ހަމަނުކޮށް، ސަލާމް ގޮވިޔަސް ބަލައިނުގަނެ ދާ ބައެއްކަމަށެވެ. އަދި “މަކްތަބާ ސަލަފިއްޔާ” ގެ ބޭފުޅުންގެ ޢަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭ ޢަމަލުތަކެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ.

އިތުރު ޓްވީޓެއްގައި ޑރ.އިޔާޒު ވަނީ ފިތުނަ ފަސާދަ އުފައްދަން ނޫޅުއްވާ އިސްލާހުގެ މަގު އިހުތިޔާރުކުރުމަށް “މަކްތަބާ ސަލަފިއްޔާ” ގެ އެންމެ ބޭފުޅުންނަށް ވަސިއްޔަތްކޮށްފައެވެ.

https://twitter.com/dr_iyaz/status/1208364946733457409?s=20

ޑރ.އިޔާޒުގެ އެއްވެސް ޓްވީޓެއްގައި އުސާމާ ބިން ލާދިންއާ ގުޅިގެން ކުރެވުނު ތުޚުމަތުތަކަށް ޖަވާބުދެއްވާފައިނުވާތީވެ، ގިނަ ބަޔަކު ދަނީ ޓްވިޓަރގައި އެކަމަށް ޖަވާބުދެއްވުމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިޔާޒު ކުރީ ތާއީދު. މަކުތަބާ ސަލަފިއްޔާގެ މުހައްމަދު ހުސޭނު ބިންލާދިން ހެދިގެން އެގޮތަށް އުޅެނީ. ތާކިހާ އަޅައިގެން. އެ ފިކުރު ފަތުރަން. މުސްލިމަކު ހަވާރިޖެއް ކަމަށް ބުނުމީ ހަރުކަށި މީހުން މީހުން ކާފަރު ކުރުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: