ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްޚާން ރައީސް ޞާލިހަށް: ޢިލްމުވެރިންގެ ފަތުވާ ތަފާތުވެ ރާއްޖެ ސީރިޔާއަކަށް ބަދަލުވެދާނެ، ދައުލަތުގެ މުފުތީއެއް ކަނޑައަޅަންވީ ވަގުތު ޖެހިއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ދަޢުލަތުގެ މުފްތީއެއް ކަނޑައެޅުމުގެ ވަގުތު ޖެހިއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިފަދައިން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ޓެގް ކުރައްވާ އަލްޚާން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، ހަރުކަށި ފިކުރު ނުވަތަ ދީނުގެ ނަމުގައި ހިންގާ ޓެރަރިޒަމްގެ މައްސަލާގައި ރާއްޖޭގެ އެކި ޝައިޚުން އެކިގޮތަށް ފަތުވާ ދެއްވުަމަކީ ނުހަނު ބިރުހުރި ކަމެއް ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެ ސީރިޔާ އަކަށް ވުމަށް ހުޅުވޭ ދޮރެއްކަމަށްވެސް ވިދާޅުވިއެވެ. އަދި ދައުލަތުގެ މުފްތީއަކު ކަނޑައަޅެމުގެ ވަގުތު ޖެހިއްޖެކަމަށްވެސް އަލޚާން ވިދާޅުވިއެވެ.

https://twitter.com/AlhanFahmy/status/1208365663305129984?s=20

އަލްހާން މިފަދައިން ވިދާޅުވެފައިވާއިރު، އިސްލާމިކް މިނިސްޓްރީން ވަނީ ހަރުކަށި ފިކުރު ފަތުރާކަމަށްބުނެ ރާއްޖޭގެ ތިން ދީނީ ޢިލްމުވެރިއެއް ވަނީ ސަސްޕެންޑުކޮށްފައެވެ.
އަދި މިކަމާއި ގުޅިގެން ހޮނިހިރު ދުވަހު “މަކްތަބާ ސަލަފިއްޔާ” ގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަރުކަށި ފިކުރު ފަތުރާކަމަށް ބުނެ ސަސްޕެންޑުކޮށްފައިވާ ދީނީ ޢިލްމުވެރިޔާ، ގދ. ތިނަދޫ ރެޑްސީ މުހައްމަދު ހަސަން ވަނީ އޭނާ ހަރުކަށި ފިކުރު ފަތުރާ ކަމަށް ބުނެ ސަސްޕެންޑުކޮށްފައިވާތީވެ އެކަމަށް ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އެގޮތުން، ހަރުކަށި ފިކުރަކީ އޭނާ ދަންނަ ފިކުރެއް ނޫން ކަމަށާއި، އޭނާ ފެތުރި ހަރުކަށި ފިކުރެއް ދެއްކުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ޕްރެސް ކޮންފަރެންސްގައި މުހައްމަދު ހަސަން ވަނީ ރާއްޖޭގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ދެއްވާފައިވާ އިސްބޭފުޅުން ޓެރަރިސްޓު ޖަމާއަތްތަކަށާއި، ހަނގުރާމައަށް މީހުން ފޮނުވުމަށް ބާރު ލިބޭގޮތަށް ވާހަކަ ދައްކަވާފައިވާކަމަށް ވިދާޅުވެ އެބޭފުޅުން ސޯޝަލް މީޑިއާގައި ދައްކަވާފައިވާ ވާހަތަކާއި ތަފާތު ވެބްސައިޓު ތަކުގައި ލިޔުއްވާފައިވާ ލިޔުންތައް ވެސް އާންމުކޮށްފައެވެ.

މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިންވަނީ “މަކްތަބާ ސަލަފިއްޔާ” ގެ ތުހުމަތުތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޑރ. މުޙައްމަދު އިޔާޒު ވަނީ “މަކްތަބާ ސަލަފިއްޔާ” އަކީ މީސްތަކުން ކެޓަގަރައިޒްކޮށް ތިމާމެންގެ ފިކުރާއި ދިމާނުވާ ބަޔަކާއި ހަތަރުކަޅި ހަމަނުކޮށް، ސަލާމް ގޮވިޔަސް ބަލައިނުގަނެ ދާ ބައެއްކަމަށެވެ. އަދި “މަކްތަބާ ސަލަފިއްޔާ” ގެ ބޭފުޅުންގެ ޢަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭ ޢަމަލުތަކެއް ނޫންކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ޝެއިޚް އާދަމް ނިޝާން ވެސް ވަނީ “މަކްތަބާ ސަލަފިއްޔާ”ގެ ތުޚުމުތަތަކަށް ރައްދު ދެއްވާފައެވެ.

ޢިލްމުވެރިންގެ މި ތުހުމަތުތަކާއި ބަހުސްތަކާއެކު އާންމު ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: