ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިޔާއަށް ފިނި މޫސުން؛ ވަޔާއި ވިއްސާރައިގެ ސަބަބުން ޓެންޓްތައް ހަލާކުވެ ދިވެހިން ހާލުގައި ޖެހެނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ސިރިއާގައި ހިނގާ ހަނގުރާމަތަކަށް ގޮސް އެ ގައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން މިވަގުތު ވަރަށް ހާލުގައި ޖެހިފައިވާކަމަށް ސީރިޔާގައި ތިބި ދިވެހިން ބުނެފިއެވެ.

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ސީރިޔާގެ އަލްހޯލް ކޭމްޕްގައި ދިރިއުޅެމުންދާ އަންހެނަކު ވަނީ އެ މީހުންގެ އުދާސްތައް ހިއްސާކޮށްފައެވެ.

އޭނާ ބުނީ މި ދުވަސްވަރަކީ ސީރިޔާއަށް ފިނި މޫސުން ކަމުން، ވާރޭ ވެހި ފެންބޮޑުވެ، ޓެންޓްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ޓެންޓުތަކުގެ އެތެރެއަށް ފެންވަދެ ބައެއް ދިވެހިން އުޅެމުން ދަނީ ވަރަށް ހާލުގައި ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ދިވެހިން ދިރިއުޅެމުންދާ ބައެއް ޓެންޓްތައް ވިއްސާރައިގައި ހަލާކުވެފައި

ޓޭންޓްތަކަށް ފެން ވަނުމުގެ ސަބަބުން، ގޮދަޑިތައް ތެމިފައިވާއިރު، އާ ޓެންޓްތައް ނުލިބޭކަން އޭނާ ފާހަގަކުރިއެވެ. އަދި އާ ޓޭންޓް ވިއްކަން ހުރިނަމަވެސް އަގު ބޮޑު ކަމުންނާއި، ފައިސާ ނެތުމުން ބައެއް މީހުންނަށް އާ ޓެންޓެއް ނުގަނެވިވާކަމަށާއި، ގިނަ ދިވެހިން އުޅެމުން ދަނީ ފިނި މޫސުމަށް ޚާއްސަ ޓެންޓުތަކުގައި ނޫންކަންވެސް އޭނާ ފާހަގަކުރިއެވެ.

ފިނި ގަދަކުމުން ކެތްނުވާކަމަށާއި، ކުޑަކުދިން ހެނދުނު ހޭލާއިރު ތިބެނީ ހުންއައިސްފައިކަން ފާހަގަކުރަމުން، އޭނާ ބުނީ ބްލޭންކެޓްވެސް ގަންނަން ނުލިބޭކަމަށެވެ. އަދި ފިނިގަދަކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ކުދިން މަރުވަމުން ދާކަން ކަންބޮޑުވުމާއެކު އޭނާ ކިޔާދިނެވެ. 

ސީރިޔާގައި ދިރިއުޅޭ ދިވެހިން އުޅެމުންދަނީ ވަރަށް ހާލުގައި

ސީރިއާގައި މިވަގުތު ތިބި މީހުން ދެ މަސް ދުވަސް ތެރޭގައި ރާއްޖެ ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ 19 ސެޕްޓެމްބަރ2019 ވަނަ ދުވަހު އިއުލާނުކޮށްފައެވެ. އަދި އެ ފަރާތްތައް ރާއްޖެ ގެނެސް އަނބުރާ މުޖުތަމައު ނެރުމުގެ ކުރިން، އެމީހުން ބައިތިއްބާނެ ތަނެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް އެ ދުވަހު ރައީސް ވިދާޅުވިއެވެ. 

ސީރިޔާގެ އަލް-ހޯލް ކޭމްޕްގައި މިވަގުތު ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ. ގިނަ ކުޑަކުދިން ވަރަށް ބަލިކަމަށްވެސް މައުލޫމާތު ލިބެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: