ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރައިވަރު ގާސިމްގެ ގާތިލަކީ ހިންވަރު ބޮޑުހިޔާގޭ އަދުހަމް މުޙައްމަދު!

ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި - ވަގުތު.އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މަރާލި ހަސަން ގާސިމްގެ ގާތިލަކި ޅ. ހިންނަވަރަށް ނިސްބަތްވާ މީހެއްކަން ހާމަވެއްޖެ އެވެ.

ގާސިމް މަރާލި ކަމަށް އިއުތިރާފުވީ ޅ. ހިންވަރު، ބޮޑުހިޔާގެ، އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދެވެ.

ހުޅުމާލޭގައި މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ހިނގި އެ ގަތުލާ ގުޅިގެން ފުލުހުން އަދުހަމް ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ ބަންދަށް މިދިޔަ ހުކުރު ދުވަހު ވަނީ 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ. އޭނާ ބަންދު ކުރި އަމުރު ވަނީ މީސް މީޑިއާގައި ދައުރުވާން ފަށާފައެވެ.

އެ އަމުރުގައިވާ ގޮތުން އަދުހަމް ވަނީ ޤާސިމް މަރާލިކަމަށް މުއްދަތު މަޖިލީހުގައި އިއުތިރާފުވެފައެވެ. އެގޮތުން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރި ސަބަބު ގައި ލިޔެފައިވަނީ ” މީނާ މީހަކަށް ވަޅިން ހަމަލާދިންކަމަށް ބްނދާއިމެދު ގޮތެއް ނިންމި މަޖިލީހުގައި އިއުތިރާފުވެ ކަންހިނގިގޮތް ކިޔައިދީފައިވުމާއެކު އަނިޔާ ލިބިފައިވާ މީހާ މަރުވެފައިވުމާއެކު ކަމުގެ ބާވަތުން ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތާއި އަމަން އަމާންކަމަށް ބުރޫއަރާފާނެތީ” ކަމަށް ލިޔެފައިވެއެވެ.

އަދުހަމް އަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަމަށް މީސް މީޑީއާގައި ދައުރުވަމުންދާ ބައެއް މައުލޫމާތުތަކުން އެނގެއެވެ.

އޭނާ ކުށަށް އިއުތިރާފުވި ނަމަވެސް ހޯދެން ހުރި ހުރިހާ ހެއްކަކާއި ގަރީނާތައް ހޯދުމަށްފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވުމަށް ޕީޖީ ހުސައިން ޝަމީމު ވަނީ އެދި ވަޑައިގެންފައެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފުލުހުންނާއި ވަރަށް ގާތުން ޕީޖީ އޮފީހުން މަސައްކަތް ކުރަމުން ދާކަމަށްވެސް ޝަމީމު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: