ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަން ދަނީ މަސައްކަތް ކުރަމުން: ޕީޖީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޖަލުތައް ފުރޭ މައްސަލައަށް ހައްލު ހޯދަން ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިފަދައިން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. ޝަމީމް މިފަދަ ޓްވީޓެއް ކުރައްވާފައި މިވަނީ، މާފުށީ ޖަލުގައި ޖާގަ ނެތިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ތިބި ގައިދީންތަކަށް ލިބެން ޖެހޭ ހައްގުތަކުން މަހުރޫމްވެފައިވާ ކަމަށް ބުނެ ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ކޮށްފައި ވަނިކޮށެވެ.

ޕީޖީ ޝަމީމް ވިދާޅުވީ ކުށަަށް ކަނޑައެޅޭ އަދަބުގެ ޖުމްލަ މުއްދަތަށްވުރެ އިތުރު ނުވާގޮތަށް، އަދަބު ކަނޑައެޅުމުގެ އިހްތިޔާރު ކޯޓްތަކަށް ލިބިގެންވާ ކަމަށެވެ.

އެކަންކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީއާއި ބަންޑާރަނާއިބުގެ އޮފީހާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެެ.

ކަރެކްޝަންސްއާ ހަވާލުކުރަން ޖެހޭ 58 ގައިދީން މިވަގުތުވެސް ދޫނިދޫގައި ތިބި އިރު އޭގެ ތެރެއިން 50 މީހުންނަކީ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްއާ ހަވާލު ކުރަން ޖެހޭ މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. އެހެންނަމަވެސް ކަރެކްޝަންސްގެ ޖަލުތައް ފުރި ޖާގަ ނެތުމުގެ ސަބަބުން އެ މީހުން ހަވާލުކުރެވޭ ގޮތް ވަނީ ނުވެފައެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި ގައިދީންނާ ހަވާލުވުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، މާފުށީ ޖަލުގައިވެސް ޖާގައިގެ ދަތިކަންދިމާވެ އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރާކަން ކަރެކްޝަނުން ފާހަގަކޮށްފައިވެއެވެ.

ގާނޫނުލްއުގޫބާތު ބުނާގޮތުން ޖަލު ހުކުމުގެ އަދަބު ގޭ ބަންދަށް ނުވަތަ ޖޫރިމަނާ އަށް ނުވަތަ މުޖްތަމައަށް ހިދުމަތް ކުރުން ފަދަ އަދަބަކަށް ބަދަލު ކުރެވިދާނެ އެވެ. އަދަބުގެ ބާވަތް ބަދަލު ކުރާ ނަމަ، އެކަން ކުރެވޭނެ މުއްދަތުތަކާއި ޖޫރިމަނާގެ އަދަދުތައް ވެސް ގާނޫނުލްއުގޫބާތުގައި ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: